ޖުލައި މަސްތެރޭ ރާއްޖޭގެ ތަރައްޤީގެ ބޭންކު އޮޕަރޭޝަނަށް ގެނެވޭނެ: މިނިސްޓަރ ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޖުލައި މަސްތެރޭ ރާއްޖޭގެ ތަރައްޤީގެ ބޭންކު އޮޕަރޭޝަނަށް ގެނެވޭނެ: މިނިސްޓަރ ސައީދު

ޖުލައި މަސްތެރޭ ރާއްޖޭގެ ތަރައްޤީގެ ބޭންކު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އިކޮނޮމިން މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ އަށް މައުލޫމމާތުދެއްވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ، ރާއްޖޭގެ އިޤްތިޞާދުގައި ތަރައްޤީއަށް ޚަރަދު ކުރެވޭނެ މާގިނަ ގޮތްތަކެއް ނެތް ކަމަށެވެ. އެގޮތުން މިހާރުވެސް ސިނާޢަތްތަކަށް ފައިސާ ދެނީ ހުރި މަދު ބޭންކުތަކުން ކަމަށާއި، ފަތުރުވެރިކަމުގެ ދައިރާގެ ފައިނޭންސިންގވެސް ގިނަ ފަހަރު ހަމަޖައްސަނީ ވިޔަފާރިވެރިން އަމިއްލަ މަސައްކަތުން ބޭރުންކަމަށް ވަޒީރު ވިދާޅުވިއެވެ.\

މިއާއެކު ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ތަރައްޤީގެ ބޭންކެއް ޤާއިމް ކުރުމުގެ މަސައްކަތް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށި، މިހާރު އެކުންފުނިން ރެޖިސްޓްރީވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ފިނޭންސްގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްކޮށް އަންނަ ހަފްތާގެ ތެރޭގައި ބެންކް ހިންގުމަށް ބޭނުންވާ ލައިސެންސް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޑިވެލޮޕްމެންޓް ބޭންކުގެ ލައިސެންސް ހޯދުމަށް އެމްއެމްއޭއާއެކު ކުރަން ޖެހޭ މަސައްކަތް ދަނީ ކުރެވެމުން. އިރާދަކުރެއްވިއްޔާ މިހަފްތާ ނުވަތަ އަންނަ ހަފްތާގައި ޑިވެލޮޕްމެންޓް ބޭންކުގެ ލައިސެންސް ލިބޭނެ. ލިބުނީމަ އަޅުގަނޑުމެން މި ޓާގެޓް ކުރަނީ ޖުލައި މަސްތެރޭގައި އިރާދަކުރެއްވިއްޔާ ޑިވެލޮޕްމެންޓް ބޭންކުގެ މަސައްކަތް ފަށްޓަން." ސަޢީދު ވިދާޅުވިއެވެ.

މިއަދު އޮންލައިން