އިޒްރޭލުގެ ބޮޑު ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަށް އެދުމުން ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
އިޒްރޭލުގެ ބޮޑު ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަށް އެދުމުން ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޕްރޮސިކިއުޓަރުން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަށް އެދުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ރައީސް މުއިއްޒު އިނގިރޭސީ ބަހުން އެކްސްގައި ލިއުއްވި މެސެޖްގައި ވިދާޅުވީ ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް ހުށަހެޅުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދޭން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި އެއްވެސް ޤައުމެއް ބައިނަލްއަގުވާމީގޮތުން ހެދިފައިވާ ޤާނޫނުތަކަށްވުރެ މަތި ނުވާނެ ކަމަށް ވެސް ރައިސް ވިދާޅުވިއެވެ.

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާފައިވަނީ އިންސާނިއްޔަތާ ހިލާފު ހަނގުރާމައިގެ ޖަރީމާތަކެއްކަން ސާބިތުކުރެވޭ ވަރަށް ޕްރޮސެކިއުޓާ އޮފީހުން ހެކި ހޯދާފައިވާކަމުގެ ޔަގީންކަން ރާއްޖެއަށް އެބަ އޮތް ކަމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނަށް އިންސާފު ހޯދައިދިނުމުގައި ރާއްޖެ އަބަދުވެސް އޮންނާނެ ކަމުގެ ޔަގީންކަން  ވެސް ރައީސް ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން