މިއަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންގެ ތެރެއިން ހައްޖަށް ދާ ފުރަތަމަ ގްރޫޕް މިމަހުގެ 31 ވަނަ ދުވަހު ފުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި މަސައްކަތްކުރާ އިސްފަރާތްތަކާއި އިދާރާތަކާ، ޑރ.ޝަޙީމް ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.
ޑރ.ޝަޙީމް ވިދާޅުވީ ހައްޖުވެރިން ފުރުމުގެ އިންތިޒާމްތަކެއް ވަނީ ފުރިހަމަކުރެވިފައިކަމަށާއި މިކަމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް ވަނީ މުއައްސަސާތަކާ ގުޅިގެން ކޮށް ނިމިފައި ކަމަށެވެ. އަދި ފުރަތަމަ ފުލައިޓް ފުރަނީ 31 މެއި 2024 ވާ ހުކުރު ދުވަހުކަމަށެވެ. މީގެއިތުރުން ހައްޖުވެރިން ފުރުމުގެ އިންތިޒާމްތަކާ ގުޅޭ ކަންކަމުގައި މުއައްސަސާތަކާ މަޝްވަރާކޮށްފައިވާކަމަށް ވެސް ޑރ.ޝަޙީމް ވިދާޅުވިއެވެ.
ރާއްޖެއަށް ލިބޭ 1000 ކޯޓާ ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ހައްޖުވެރިން ފުރުމުގެ އިންތިޒާމްތަކެއް ވަނީ ފުރިހަމަކުރެވިފަ. މިކަމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް ވަނީ މުއައްސަސާތަކާ ގުޅިގެން ކޮށް ނިމިފަ. ފުރަތަމަ ފުލައިޓް ފުރަނީ 31 މެއި 2024 ވާ ހުކުރު ދުވަހު. ފުރުމުގެ އިންތިޒާމްތަކާ ގުޅޭ ކަންކަމުގައި މުއައްސަސާތަކާ ވަނީ މަޝްވަރާކޮށްފަ. pic.twitter.com/H9DZdGC3xZ
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 19, 2024