އިސްލާމިކް މިނިސްޓަރުގެ އެދިވަޑައިގަތުމަކަށް ސަޢުދީ ޢިލްމްވެރިންގެ ވަފުދެއް ރާއްޖެ ވަޑައިގެންފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
އިސްލާމިކް މިނިސްޓަރުގެ އެދިވަޑައިގަތުމަކަށް ސަޢުދީ ޢިލްމްވެރިންގެ ވަފުދެއް ރާއްޖެ ވަޑައިގެންފި!

ސައުދިއަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ. މަޤްޞަދަކީ ރާއްޖެއާއި ސަޢުދިޢަރަބިޔާ އާއި ދެ ޤައުމުގެ ދެ ވުޒާރާއާއި ގުޅިގެން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމެވެ. 

މިވަފުދުގެ ބޭފުޅުން ޢިލްމުވެރިންނަށާއި އަދި ޚަތީބުންނާއި އަދިވެސް ދީނީ ކަންތައްތަކުގަ މަސެއްކަތް ކުރައްވާ ފަރާތްތަކަށް ޕްރޮފގްރާމްތަކެއް ކުރިއަށް ގެންދަވާނެއެވެ. 

އިސްލާމީ ވަޒީރު ޑރ. މުޙަމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ:

މި ވަފުދަކީ މީ އެންމެ ފަހުން ސައުދިއަރަބިއްޔާއަށް އަޅުގަނޑު ކުރި ދަތުރުތަކުގެ ތެރޭގައި ދަތުރެއްގަ ސައުދިއަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި އަޅުގަނޑު ވާނީ މަޝްވަރާ ކޮށްފަ، ޢިލްމީ ދާއިރާއިން އަޅުގަނޑުމެންގެ ރާއްޖޭގަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް. މިގޮތުން އަޅުގަނޑުމެންގެ ދެ ވުޒާރާގެ ދެމެދުގަ އޮތް އެއްބަސްވުމުގެ ތެރެއިން މިފަހަރުގަ މި ޕްރޮގްރާމް ފެށިގެން މިދަނީ. އިރާދުކުރެއްވިއްޔާ މީ ކުރިއަށް އޮތް ތަނުގަ މިފަދަ ވަރަށް ގިނަ މަޝްރޫއުތައް، ޢިލްމީ މަޝްރޫއުތައް، އިޖްތިމާއީ ޢިލްމީ މަޝްރޫއުތައް ސައުދިއަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. މިއަދު މި ވަޑައިގެންނެވި ވަފުދަކީ މީގެ ފެށުމެއް. ކުރިއަށް އޮތްތަނުގަ އިތުރު ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ދެ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާނަން އިރާދުކުރެއްވިއްޔާމު. 

މި ޢިލްމީ މަޝްރޫއުތަކުގެ މައިގަނޑު މަޤްޞަދަކީ އިސްލާމްދީނުގެ ޞައްޚަ އަޤީދާ މީސްތަކުންނަށް ބަޔާން ކޮށްދިނުމުގެ އިތުރުން އަޅުގަނޑުމެންގެ ރާއްޖޭގެ ދީނީ ކަންތައްތަކުގަ ހަރަކާތްތެރިވާ ޒުވާނުންނާއި، ޢިލްމުވެރިންނާއި، ޖަމިއްޔާ ޖަމާއަތްތަކަށް ވެސް އިސްލާމް ދީނުގެ މެދުމިންކަމުގެ ރިވެތި އުސޫލުތައް ކިޔައި ދިނުމާއި ހަރުކަށި ވިސްނުންތަކާއި، މި ކަންތައްތަކާއި ދެކޮޅަށް އިސްލާމްދީނުގެ ޞައްޚަ މައުލޫމާތު ޢިލްމީ ގޮތުން ޒުވާނުންނަށާއި އެކިއެކި ފަރާތްތަކަށް ކިޔައިދީ ބަޔާންކޮށް ދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް މި ޕްރޮގްރާމަކީ މީ. 

އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގަ މި ދާއިރާތަކުން ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ދެ ފަރާތް ގުޅިގެން ކުރިއަށް ގެންދެވޭނެ.

 

މިއަދު އޮންލައިން