މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލައި، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހާއި ގުޅިގެން ކުރެއްވި ފޯސްޓެއްގައި ރައީސް ވިދާޅުވީ މުވާސަލްތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލައި، ދިވެހީންގެ ހުނަރާއި އުފެއްދުންތަކަށް ދުނިޔޭގެ މާރުކޭޓުތަކުން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދެއްވާނެކަމަށެވެ.
ބައިނަލްއަގުވާމީ މުވާސަލާތުގެ ދުވަސް މިއަދު ފާހަގަކުރަމުންދާ އިރު މުވާސަލާތީ ހިދުމަތްތައް ރާއްޖޭގައި މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަރައިފައެވެ.
މާލީ މުޢާމަލާތްތަކާއި އީޖާދީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
— Dr Mohamed Muizzu (@MMuizzu) May 17, 2024