ތިބާގެ އިޙްސާސަތައް ކޮންޓްރޯލް ކުރާށެވެ. އަދި އެހެން މީހުންގެ ލޯތްބާއި އަޅާލުމަށް އަދި ސަމާލުކަމަށް އެދި އާދޭސް ނުކުރާށެވެ. މީހަކު ތިބާއާ ވާހަކަ ދައްކަން ބޭނުން ނުވާނަމަ އެމީހުންނަށް މަޖުބޫރު ނުކުރާށެވެ. ސަބަބަކީ މަޖުބޫރުން ގުޅޭ ގުޅުމެއް ގިނަ ދުވަހަކަށް ދެމިގެނެއް ނުދާނެއެވެ. "އެހެންވީމަ، ކީއްކުރަންތޯ ވަގުތީ ފައިދާއަކަށްޓަކާ ތިބާގެ އަމިއްލަ ނަފްސު ހަލާކުކޮށްލަނީ؟ ތިމާގެ ހިއްސުތަކާއި ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކާ ތިމާގެ އަމިއްލަ ނަފްސަށް ސަމާލުވެ ދުރުހެލިވެލައްވާ."
"ތިއައީ ރަނގަޅު މީހެއް. ނުބައި މީހަކަށް އެކަން ސާބިތުކޮށްދޭން ތި އުޅެވެނީ. ރަނގަޅު މީހަކުނަމަ ތިބާ އެއްވެސް އެއްޗަކަށް އާދޭސް ކުރިއަކަ ނުދޭނެ. އާދޭސްކުރާކަށް ނުޖައްސުވާނެ! މީހުން އެމީހުން ލޯބިވާ މީހުންނާމެދު ފަރުވާ ކުޑައެއް ނުކުރާނެ. އެމީހުން ފަރުވާކުޑަ ކުރާނެ އެއްސަބަބަކީ، ތިބާއަކީ އެމީހުންނަށް ބޭނުންތެރި މީހަކަށް ނުވުން ނުވަތަ ތިބާއަކީ އެމީހުންގެ ހަޔާތުގެ ހިއްސާއެއް ކަމުގައި ވާން އެމީހުން ބޭނުން ނުވުން."
މިކަންކަން ދުވަހަކުވެސް ހަނދާން ނައްތައިނުލާށެވެ! އެހެންވީމަ ހިތްވަރު ގަދަކޮށް ތިމާގެ ހިއްސުތަކަށް ޤަދަރު ކުރާށެވެ! އެއްވެސް ކަމެއްގައި އާދޭސްކުރަން ނުހަދާށެވެ! އާދޭސްކޮށް މަޖުބޫރުކުރުވައިގެން ޙާޞިލްުކުރެވޭ ކަންކަމުގެ ނަތީޖާ ގާތީ ފޮނިނުވުމާއިއެވެ.
- އަލަފް / މިއަދުނޫސް