ހަމަލާތައް ހުއްޓާލަން ރައީސް ގޮވާލެއްވުމުން ފަލަސްތީންގެ ޝުކުރު ރާއްޖެއަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހަމަލާތައް ހުއްޓާލަން ރައީސް ގޮވާލެއްވުމުން ފަލަސްތީންގެ ޝުކުރު ރާއްޖެއަށް!

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރާއީލުން ދެމުން ގެންދާ ލާއިންސާނީ އަނިޔާތައް ހުއްޓުވަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވައިލެއްވުމުން ފަލަސްތީނުގެ ސަރުކާރުން ރާއްޖެއަށް ޝުކުރު އަދާކޮށްފިއެވެ.

އިޒްރޭލަށް ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ގޮވާލެއްވީ އިއްޔެ އެކްސްގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއް ގައެވެ. ރައީސްގެ މި ނިންމެވުމާއި ގުޅިގެން ފަލަސްތީނުން ވަނީ އެކަން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ. 

ފަލަސްތީން ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓުން ރައީސް މުއިއްޒުގެ ޕޯސްޓް ރީޕޯސްޓްކޮށް ބުނެފައިވަނީ ރާއްޖެއަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާ ފަލަސްތީނަށް ދެމުންދާ އެއްބާރުލުމާއި ސަޕޯޓަށް ޝުކުރުއަދާކުރާ ކަމަށެވެ.

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ފަލަސްޠީނަށް ދެމުންދާ ޙަމަލާތަކާއި ގުޅިގެން ޔަހޫދީންނާއި ދެކޮޅަށް އިތުރު ފިޔަވަޅުތައް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އައިސީޖޭއަށް ހުށަހަޅާފައިވަނީ ދެކުނު އެފްރިކާއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކުރައްވާފައެވެ.

 

 

މިއަދު އޮންލައިން