ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް އޮތީ ރައީސް ޑރ.މުޢިއްޒު އާއިއެކު ފިސާރި ސާބިތުކަންމަތީގަ: ނައިބު ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް އޮތީ ރައީސް ޑރ.މުޢިއްޒު އާއިއެކު ފިސާރި ސާބިތުކަންމަތީގަ: ނައިބު ރައީސް

ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް އޮތީ ރައީސް ޑރ.މުޢިއްޒު އާއިއެކު ފިސާރި ސާބިތުކަންމަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް މިހެންްވިދާޅުވީ ޕީޕީއެމް ޕީއެންސީއަށް އެއްވެސް ދިރުމެއް ރައީސް ޑރ. މުޢިއްޒު ދޭން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުފައިވާ ދަނޑިވަޅެއްގައެވެ.

ނައިބު ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ތަރައްޤީ މި ޤައުމަށް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ފިސާރި ސާބިތުކަންމަތީގައި މަސައްކަތްޕުޅު ކުރައްވަމުން ކަމަށެވެ. ހަމަ އެއާއިއެކު، އެމްޑީޕީ އިން މި ޤައުމު ވައްޓާލި އަނދަވަޅުން ޤައުމު ނަގައި ހަމަމަގަށް އެޅުވުމަށް ރެޔާ ދުވާލު ރައީސް ގެންދަވަނީ ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ޑރ. މުޢިއްޒުއަކީ ޚިދުމަތްތަކާއި އެކު، ހެޔޮ ނިޔަތުގައި ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދެއްވުމަށް ވަޑައިގެންނެވި ވެރިއެއްކަމަށާއި ހަމަ އެއާއެކު، ޙިކުމަތްތެރިކަމާއެކު ކުރައްވަމުން އެ ގެންދަވާ ބުރަ މަސައްކަތްޕުޅުގެ ފޮނި ނަތީޖާ ދިވެހި ރައްޔިތުންނަށް މިހާރުވެސް ދަނީ ފެންނަމުންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން