ލިޔެކިއުންތަކުގައި ސިޔާސީ މިނިވަންކަން އޮތް ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތްނަމަވެސް ވޭތުވެދިޔަ 5 އަހަރުގެ ދަޢުރުގަ ރާއްޖެއޮތީ އަމަލީގޮތުން މިނިވަންކަން ގެއްލިފަ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ލިޔެކިއުންތަކުގައި ސިޔާސީ މިނިވަންކަން އޮތް ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތްނަމަވެސް ވޭތުވެދިޔަ 5 އަހަރުގެ ދަޢުރުގަ ރާއްޖެއޮތީ އަމަލީގޮތުން މިނިވަންކަން ގެއްލިފަ: ރައީސް

ލިޔެކިއުންތަކުގައި ސިޔާސީ މިނިވަންކަން އޮތް ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތްނަމަވެސް ވޭތުވެދިޔަ 5 އަހަރުގެ ދަޢުރުގަ ރާއްޖެއޮތީ އަމަލީގޮތުން މިނިވަންކަން ގެއްލިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 ކެމްޕެއިން ހަރަކާރުގައި ދެއްކެވި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަވަންތަ ޤައުމެއް ޤާއިމްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާކުރީގެ އަހަރުތަކެއްގައި ރާއްޖޭގެ މިނިވަންކަމާ ބަޔަކު ތޮޅުނު ދުވަސްތަކެއް ދިޔަ ނަމަވެސް ދިވެހިރާއްޖެއަކީ އެތައްހާސް އަހަރެއްވަންދެން މިނިވަންކަންމަތީ އޮތް ފަޚުރުވެރި ޤައުމެއްކަމަށެވެ. ނަމަވެސް ވޭތުވެދިޔަ 5 އަހަރުގެ ދައުރުގައި މި ޤައުމު ފެނިގެންދިޔައީ ރަސްމީކޮށް ލިޔެކިއުމުގައި ސިޔާސީ މިނިވަން ޤައުމެއްގެ ގޮތުގައި އޮތްނަމަވެސް އަމަލީގޮތުން މިނިވަންކަން ގެއްލިފައޮތް ޤައުމެއްގެ ގޮތުގައި ކަމަށެވެ.

އޭރު ޤައުމުގެ ކަންކަން އޮތީ ވަކި ޤައުމެއްގެ ހައިކޮމިޝަނަރެއްގެ ޙުއްދަނެތި ދިވެއްސަކަށް ތަމްރީނު ދަތުރެއްގައިވެސް ބޭރުގެ އެހެން ޤައުމަކަށް ނުދެވޭ ހިސާބުގަ ކަމަށާއި، ދިވެހީންގެ ރާއްޖެއެއް ގެންނަން ރައްޔިތުން ބޭނުންވީ އެފަދަ އެތައް ސަބަބުތަކާހެދި ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން