ވެރިކަމެއް ކުރެއްވުމަކީ އިތުރުފުޅު ހެއްދެވުމަށް ލިބޭ ލައިސަންސެއް ނޫން: ރައީސް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ވެރިކަމެއް ކުރެއްވުމަކީ އިތުރުފުޅު ހެއްދެވުމަށް ލިބޭ ލައިސަންސެއް ނޫން: ރައީސް

ފަސް އަހަރު ދުވަހުގެ ވެރިކަމެއް ކުރެއްވުމަކީ އިތުރުފުޅު ހެއްދެވުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިޝާރާތް ކުރައްވައި ވިދާޅުވެއްޖެއެވެ.

އަންނަ މަހު ބާއްވާ ރައްޔިތުންގެ ޖެހޭ ބޭނުނތ ޔޫ ޓު ހުރިހާއެެއްޗެއް އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު މުސްތަފާ އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފަސް އަހަރު ދުވަހުގެ ވެރިކަމެއް ކުރެއްވުމަކީ ހިތްފުޅަށް އަރާވަޑައިގަންނަވާހާ ގޮތަކަށް އިތުރުފުޅު ހެއްދެވުމަށް އޮތް ލައިސެންސެއް ނޫން ކަމަށެވެ

ކުރީ ސަރުކާރުން ދޫކުރި ގޯއްޗާއި ފުލެޓް، މި ސަރުކާރުން އޮޅުވާލާ ކަމަށްބުނެ އެމްޑީޕީން ދޮގު ހެދީ ކަމަށެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ދޫކުރި ކުޅުންތެރިންނަކީގޯތި ލިސްޓަށް ވެސް އަދި ފުލެޓް ލިސްޓަށް ވެސް މި ސަރުކާރުން އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެ، ކުރީގެ ސަރުކާރަށް ނުކުރެވި ހުރި ކަންކަން ކުރުމަށް މިފަހަރުގެ މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް ދިނުމަށް އެ ޕާޓީން ރައްޔިތުން ކައިރީގައި އެދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މެޖޯރިޓީ އޮވެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުކުރެވުނު ބަޔަކަށް އިތުރު ފުރުސަތެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޖިލީހުގައި މިހާރު ވެސް އޮތީ އެމްޑީޕީގެ މެޖޯރިޓީ ކަމަށާއި މެޖޯރިޓީ ބޭނުންހިފައި އެމްޑީޕީން ކުރަމުންދާ ކަމަކީ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމަށް ހުރަސް އެޅުން ކަމަށެވެ.

 

މިއަދު އޮންލައިން