ގެދޮރު އެޅުމަށް އިންޓްރެސްޓް ރޭޓް %5 އަށްވުރެ ބޮޑު ނޫން އަދަދެއްގައި ލުއި ލޯން ދެނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ގެދޮރު އެޅުމަށް އިންޓްރެސްޓް ރޭޓް %5 އަށްވުރެ ބޮޑު ނޫން އަދަދެއްގައި ލުއި ލޯން ދެނީ!

ގެދޮރު އެޅުމަށް އިންޓްރެސްޓް ރޭޓް %5 އަށްވުރެ ބޮޑު ނޫން އަދަދެއްގައި ލުއި ލޯނަށް އެދުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ އަޙްމަދު ޟަމީރުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައިސް ވިދާޅުވީ އަމިއްލަ ގޯތި އޮވެ ގެދޮރު އިމާރާތްކުރާނެ ތަނަވަސްކަން ނެތުމުގެ ސަބަބުން އެ މަސައްކަތް ނުކުރެވިތިބި އެތައްބަޔަކު އެބަތިބިކަމަށެވެ. އެހެންނަކަމުން އެފަދަ ފަރާތްތަކަށް ސަރުކާރުން އިންޓްރެސްޓް ރޭޓް %5 އަށްވުރެ ބޮޑު ނޫން އަދަދެއްގައި ދޫކުރުމަށް ހަމަޖެހިފައިވާ ލޯނު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ ތެރެއިން ހުރިހާ ތަފްސީލަކާއެކު ދާދި އަވަހަށް އެ ލޯން ސްކީމަށް ހުޅުވާލާނެ. މިއީ ކޮންވެންޝަނަލް ލޯނު އަދި އިސްލާމިކް ފައިނޭންސްގެ ލޯން." ރައިސް ވިދާޅުވިއެވެ.

މިއަދު އޮންލައިން