ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ އެއްވެސް ކަމެއްގައި މިހާރު އޮތް މަޖިލީހުން ސަރުކާރަށް އެއްބާރުލުމެއް ނުލިބޭ: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ އެއްވެސް ކަމެއްގައި މިހާރު އޮތް މަޖިލީހުން ސަރުކާރަށް އެއްބާރުލުމެއް ނުލިބޭ: ރައީސް

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ އެއްވެސް ކަމެއްގައި ސަރުކާރަށް އެއްބާރުލުން ނުލިބޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާއަށް ސަރުކާރު ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓްގެ ޖަގަހައެއް ހުޅުމާލޭގައި ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ "މިހާރު އޮތް މަޖިލީހުން ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުދެއްވާ. ކުރަނީ ޖެއްސުން. އުމްރާނީ އިޤްތިޞާދީ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ އަޅުގަނޑު އެކުލަވާލި ވަޒީރުންގެ މަޖިލީހަށް ރުހުންދީގެން، އެކަންވެސް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ކޮށެއްނުދެއްވި. ދެން އެމީހުންނަށް މެޖިރިޓީ ލިބިއްޖެނަމަ ރައްޔިތުންނަށް ކުރާނެޖެއްސުމާ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ވަޢުދުވި އެތައްކަމަކަށް ހުރަސް އަޅާނެކަން ޔަޤީންވޭ. އެހެންވެ ސަރުކާރަށް މަޖިލިސް މެޖޯރިޓީ މުހިންމީ." ކަމަށރވެެ.

ނިމިދިޔަ ސަރުކާރުން މަސައްކަތްތައް ކުރުމުގެ ނަމުގައި މަޝްރޫއުތައް ފަށާފައިހުރީ ކޮންމެވެސް މީހަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައިކަމަށާއި އެއަށްފަހު މަސައްކަތްތައް ގެންގޮސްފައިވަނީ ފިނިހަކަ ސްޕީޑުގައިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ސްޕީޑުގައި މަސައްކަތްތައް ގެންގޮސް ވަކި ހިސާބަކުން މަޝްރޫއުތައް ހުއްޓިފައި އޮތުމަކީ މި ސަރުކާރުން މަސައްކަތް ހުއްޓާލީއޭ ބުނެވޭނެ އެއްވެސް ސަބަބެއްނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން