ބޮލެއްގެ ކަށިގަނޑު ފެނުމުން ކުރެވިފައިވާ ފާފަތަކަށް ބިރުގަތްވަރުން ސަޖިދަކޮށް އޭނާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރީމާ އޭނާއަށް އިވުނު އަޑުގެ ވާހަކަ-

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ބޮލެއްގެ ކަށިގަނޑު ފެނުމުން ކުރެވިފައިވާ ފާފަތަކަށް ބިރުގަތްވަރުން ސަޖިދަކޮށް އޭނާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރީމާ އޭނާއަށް އިވުނު އަޑުގެ ވާހަކަ-

ދެއަތް އުފުލައި ނަމަވެސް ސަޖިދައިގައި އޮވެގެން ނަމަވެސް ދުޢާކުރާ ކޮންމެ މީހަކަށް ނުވަތަ ދުޢާކުރާ ކޮންމެ ފަހަރަކު މިފަދަ އަޑެއް ނުއިވިދާނެއެވެ. ނަމަވެސް އެމީހަކުކުރި ދުޢާގެ އަޑު ﷲ ތަޢާލާ އައްސަވައިވޮޑިގެންވެއެވެ. 

ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. މާކުރީ ޒަމާނުގައި އުޅުނު ބަނީ އިސްރާއީލުންގެ މީހެކެވެ. އޭނާ ޤަބުރުސްތާނަކުން ދަނިކޮށް މާކުރިން މަރުވެފައިވާ މީހެއްގެ ބޮލުގެ ކަށިގަނޑު ފެނުމުން އޭނާ އަށް ކުރެވިފައިވާ ފާފަތައް ހނދާންވުމުން ބުންޏެވެ. 

ޔާ ﷲ! މިއަޅާއަކީ ޖާހިލަކީމެވެ. ކަންކަން ނުއުނގޭ މީހަކީމެވެ. އިނބަ ﷲ އީ ގިނަގިނައިން، އެތައް ފަހަރަކުވިޔަސް ފާފަތައް ފުއްސަވައިދެއްވަވާ ރަސްކަލާނގެއެވެ. (ތަކުރާރުކޮށް ކުރެވޭ ފާފަތައް ފުއްސަވައިދެއްވަވާ ރަސްކަލާނގެއެވެ.) މިއަޅާއީ ގިނަގިނައިން ފާފަތަކަށް އަރައިގަނެވޭ މީހަކީމެވެ. 

އެހެން ބުނެފައި އޭނާ ހުރިތަނަށް ބިންމައްޗަށް ސަޖިދަކުރީއެވެ. 

އެވަގުތު އޭނާއަށް އަޑެއް އިވުނެވެ.  "ބިންމަތިން ބޯ ހިއްލައިލާށެވެ! (ތެދުވާށެވެ!) ތިމަން ﷲ އީ ގިނަގިނައިން ފާފަފުއްސަވައިދެއްވަވާ ރަސްކަލާނގެއެވެ. ތިބާއީ (މީސްތަކުންނީ) ގިނަގިނައިން ފާފަތަކަށް އަރައިގަނެވޭނެ ބައެކެވެ." 

މީސްތަކުންނޭވެ! އަހަރެމެންގެ ޙާލުހުރިގޮތަކީ މިއެވެ. އަބަދު އަބަދު ތަކުރާރުކޮށް ފާފަތައް ކުރެވެނީއެވެ. ވީމާ އޮތީ ފާފަތައް ފުއްސަވައިދެއްވެވުން އެދި ގިނަގިނައިން ދެންނެވުމެވެ. ގިނަގިނައިން މަރު ހަނދާންކުރުމެވެ. ޖަނާޒާތަކުގައި ގިނަ ގިނައިން ބައިވެރިވެ ޤަބުރުސްތާނުތަކަށް ޒިޔާރަތްކުރާށެވެ. 

 -ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން 

ގުޅުންހުރި ވީޑިއޯ: 

 

މިއަދު އޮންލައިން