އައްޑޫ ސިޓީ، ހުޅޫދޫގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އައްޑޫ ސިޓީ، ހުޅޫދޫގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި!

އައްޑޫ ސިޓީ، ހުޅޫދޫގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތްކަމުގައިވާ މުޙައްމަދު ސާލިޙްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ މި އެއްބަސްވުމަކީ އައްޑޫ ސިޓީ، ހުޅޫދޫ މޫންލައިޓް އެވެ ކިޔާ ގޯތީގެ ހުރި ބިމުގައި، 200 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށްޓަކައި، މުޙައްމަދު ސާލިޙްގެ އަމިއްލަ ޚަރަދުގައި މިސްކިތް ބިނާކޮށް ނިންމުމަށް ވެވިގެންދިޔަ އެއްބަސްވުމެކެވެ.

މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރާނީ މުޙައްމަދު ސާލިޙްގެ އަމިއްލަ ޚަރަދުގައެވެ. މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 720 (ހަތްސަތޭކަ ވިހި) ދުވަހެވެ.

 

މިއަދު އޮންލައިން