ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ޤާނޫނީ ހަމަތަކުގެ ތެރެއަށް ގެންނާނަން: އިޙުސާން

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ޤާނޫނީ ހަމަތަކުގެ ތެރެއަށް ގެންނާނަން: އިޙުސާން

ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ޤާނޫނީ ހަމަތަކުގެ ތެރެއަށް ގެންނާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ޤަވާޢިދާ ޚިލާފަށްއުޅޭ ބިދޭސީންގެ ސީދާ އަދަދު އަދި ސާފުވެފައި ނުވިނަމަވެސް ބަންގްލަދޭޝަށް ނިސްބަތްވާ ރައްޔިތުންގެ އެކްޓިވް ވޯކް ޕާމިޓްގެ ގޮތުގައި މިވަގުތު 135،149 ވޯކްޕާމިޓް ހުރިއިރު އޭގެ ތެރެއިން ޤާވާއިދުން ލާރިދައްކާ ނުވަތަ ވެލިޓް އެކްޓިވް ވޯކް ޕާމިޓްގެ އަދަދު އުޅެނީ 39،004 ގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ބަންގްލަދޭޝް އިން ލޭބަރުން ރާއްޖެ ގެނައުމަށް އަލުން ހުއްދަ ދިން ފަހުން މިހާތަނަށް 5400 ވޯކްޕާމިޓް ދޫކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ހަތަރު މަސްތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު ގާނޫނުގައި ބުނާ އަދަދު ހަމަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލައަކީ ޤައުމީ ސަލާމަތައްހުރި ނުރައްކަލެއް ކަމަށް ޤަބޫލުކުރައްވާކަމަށާއި، އެފަދަ ކަންކަމުގައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުގެ ތެރެއިން މަޤާމުގެ ނުފޫޒު ނާޖާއިޒުގޮތުގައި ބޭނުންކުރާ ފާރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން