ސެޓެލްކޯގެ އެމްޑީ ޙުސައިން ފަހުމީގެ އިލްތިމާސް: ކަރަންޓް ބޭނުންކުރެވޭވަރު 10 އިންސައްތަ އިތުރުވެއްޖެ! ޚަރަދަށް ސަމާލުވެލައްވާ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ސެޓެލްކޯގެ އެމްޑީ ޙުސައިން ފަހުމީގެ އިލްތިމާސް: ކަރަންޓް ބޭނުންކުރެވޭވަރު 10 އިންސައްތަ އިތުރުވެއްޖެ! ޚަރަދަށް ސަމާލުވެލައްވާ!

ގްރޭޓަރ މާލެ ސަރަޙައްދުގައި ކަރަންޓް ބޭނުންކުރެވޭވަރު 10 އިންސައްތަ އިތުރުވެފައިވާކަން  ފާހަގަކުރައްވައި ޚަރަދަށް ސަމާލުވެލައްވަން ސްޓެލްކޯގެ އެމްޑީ ޙޫސައިން ފަހުމީ އިލްތިމާސްކުރައްވައިފިއެވެ. 

"މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ އާއި އަދި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރު މަހަކަށްވުމުން މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދެން. 

މިކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެވްރެޖް މަހެއްގައި ގްރޭޓާމާލެ ސަރަޙައްދުގައި 94 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރާ އިރު، މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ދަނީ ކަރަންޓު ބޭނުން ކުރަމުން. އެހެންކަމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރެއްވުމަށާއި، މި ދުވަސްވަރު ކަރަންޓު އިޤުތިޞާދު ކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން."

- ޙުސައިން ފަހުމީ، މެނޭޖިންގ ޑިރެކްޓަރ ސްޓެލްކޯ

މިއަދު އޮންލައިން