ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް ރޯދަމަހުގެ ފަހު 10 ގައި ވެސް ފޯރުކޮށްދޭނެ: ޑީޖޭއޭ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް ރޯދަމަހުގެ ފަހު 10 ގައި ވެސް ފޯރުކޮށްދޭނެ: ޑީޖޭއޭ

ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް ރޯދަމަހުގެ ފަހު 10 ގައި ވެސް ފޯރުކޮށްދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭ އިން މިހެން ބުނެފައިވަނީ ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާއިރު ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމީ ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތައް ރަމަޟާން މަހުގެ ފަހު ދިހައެއްގައި ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމެއްގައި ބަޔާންކޮށްފައިވާތީ ކަމަށެވެ. އަދި ބަންދު ދުވަސްތަކުގައި ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދިނުމަށް އެދި ގިނަ ބަޔަކު އެދޭކަމަށްވެސް ޑީޖޭއޭއިން ވިދާޅުވިއެވެ.

އެހެންނަމަވެސް ޢާންމު އުޞޫލުން މުވައްޒަފުން އޮފީހަށް ހާޒިރުވާން ނުޖެހޭނެ ކަމަށާއި އަދި ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ވީހާވެސް މުވައްޒަފުންނަށް ލުއިވާނެހެން މަދު މުވައްޒަފަކު އޮފީހަށް ނެރިގެންކަމަށް ޑީޖޭއޭއިން ވިދާޅުވިއެވެ.

ޑީޖޭއޭއިން ވިދާޅުވީ، ދަރަނީގެ ރިކޯޑު ސާފުކޮށްދިނުމުގެ އިތުރަށް ކޯޓުތަކުގެ ޙުކުމްތަކާ ގުޅިގެން ކޯޓުތަކަށް ދައްކާ ފައިސާ އޭގެ ޙައްޤުވެރިންނަށް ރައްދުކުރުމުގެ ޚިދުމަތްވެސް ރަމަޟާން މަހުގެ ފަހު 10 ގައި ފޯރުކޮށްދޭނެ ކަމަށެވެ.

މިއަދު އޮންލައިން