މައިންބަފައިންގެ ޙާލުބެލުމަކީ ހަމައެކަނި ރޯދަމަހަށް އޮތް ކަމެއް ނޫނެވެ. އަބަދުވެސް ކުރަންޖެހޭނެ ކަމެކެވެ. ރަމަޟާންމަހު ވަކިން ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. އެމީހުންނާއި ވަކިން ދިރިއުޅުނު ނަމަވެސް މެއެވެ.
ކީރިތި ޤުރްއާނުގައިވާ ﷲ ތަޢާލާގެ ވަޞިއްޔަތްފުޅުތަކުގެ ތެރެއިން އެންމ މަތިވެރިކަން ބޮޑު ވަޞިއްޔަތްފުޅަކީ އެކަލާނގެއަށް ޝަރީކު ނުކުރުން. ﷲ އަށް އެކަނި އަޅުކަންކުރުމަށް. ދެން އޮތް އެންމެ މަތިވެރި ވަޞިއްޔަތްފުޅަކީ މައިންބަފައިންނަށް ހެޔޮކޮށްހިތުން.
އެދެމީހުން މުސްކުޅިވާދުވަހު ޢަމަލުކުރަންޖެހޭނެ ގޮތްވެސް ޤުރްއާނުގައި ވަނީ ވަޙީކުރައްވަވައިފަ. ކުރަންވީ ދުޢާވެސް ވަނީ ވަޙީކުރައްވަވާފަ.
ވީމާ އަޅުގަނޑުމެން މީރުކޮށް ރޯދަވީއްލާއިރު މައިންބަފައިންގެ ޙާލު ބަލަންޖެހޭނެ. އެއީ އިޙްޞާންތެރިކޮށް ކަންކަންކުރުމަކީ. ﷲ ވަޙީކުރައްވަވާފައިވަނީ މައިންބަފައިންނަށް އިޙްޞާންތެރިވުމަށް!
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ގުޅުންހުރި ވީޑިއޯ: