ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު: ު: ރޯދަ ވީއްލާ ވަޤުތުކުރާ ދުޢާ ޢިޖާބަކުރައްވަވާނެއިރު އަމިއްލަ ބޭނުންތަކަށް ދުޢާކުރަން އެގަޑީގަ ހަނދާން ހުރޭތަ؟
އެހީ: ރޯދަވީއްލާ ވަޤުތަކީ ދުޢާޢިޖާބަކުރައްވަވާ ވަޤުތެވެ. އެގަޑީގައި ކިޔަން ސުންނަތުން ދުޢާ ފެންނަން އެބަހުއްޓެވެ. ހަމައެއާއިއެކު އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް އެދިގެންވެސް ދުޢާކުރެވޭނެއެވެ! ހިތާމައަކީ ދުޢާކުރަން އެވަޤުތު ހަނދާނުކުރެވޭ ކަމެވެ. ﷲ ތަޢާލާ ދެއްވަވާ ރަނުގެ ފުރުޞަތު ނަގައިލެވޭ ކަމެވެ.
މިސުވާލަށް ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ފޮނުއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ. އިން ޝާ ﷲ. އިނާމު ލިބިލައްވާ ފަރާތްތަކަށް ފޭސްބުކުން މެސެޖް ފޮނުވޭނެއެވެ. އަދި ފޭސްބުކްގެ މިލިޔުމުގައި ހާމަވެސް ކުރެވޭނެއެވެ. ޝައްވާލު މަހުގެ 15 ގެ ކުރިން އިނާމުގެންދެވުން އެދެމެވެ.