ތިންވަނަ ނުކުތާއަކަށް މިއަދު އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވަނީ، ޢީދު ނަމާދާ ގުޅޭ ކަންތައްތައް. ތަންކޮޅެއް ކުރީގައި، 2012 ވަނަ އަހަރުގެ ކުރީގައި ރާއްޖޭގެ ޢީދު ނަމާދު މި އޮންނަނީ ހަމަ މިސްކިތްތަކުގެތެރޭގައި ނަމާދު މި ކުރަނީ. ޢީދު ނަމާދުގެ ޖަމާޢަތް މި އޮންނަނީ. ޢީދުނަމާދުގެ ޖަމާޢަތް މިސްކިތު ތެރޭގައި އޮންނަ އިރުގައި އަވީގެ ކަންތަކާއި ހޫނުގެ ކަންކަމެއް ކުރިމައްޗެއް ނުވޭ!
އެހެންނަމަވެސް 2012 އިގެ ފަހުން ދެން މޮޅުއިތުރު ވެގެން ވާ ސުންނަތް ކަމެއްގެ ގޮތުގައި ހުސް މައިދާންތަކުގައާއި، ދަނޑުބިން ތަކުގައާއި ހުސް ބިންތަކުގައި ޢީދު ނަމާދުގެ ޖަމާޢަތް އެބަބޭއްވޭ. ޢީދު ނަމާދުގެ ޖަމާއަތް ހުސްބިންތަކުގައި ބާއްވާ ވަގުތު އެއީ 7:30 ގައި ޖަމާޢަތް މިފަށާ ގަޑިއަކީ ޢީދު ނަމާދުގެ ޖަމާޢަތް. އެހެންވީމަ އެ ގަޑިއަކީ އެއީ އިރު އަރާގަޑި. ޖަމާޢަތް މި ނިމެނީ ގާތްގަނޑަކަށް ފަށާތާ ބައި ގަޑި އިރެއްގެ ފަހުން ހުތުބާ އާއި އެއްކޮށް 8 ގެ ފަހުން މި ނިމެނީ. ނިމޭއިރުގަ ވަރަށްބޮޑަށް މީހުންތައް ދާހިއްލާ ހޫނުގަދަވެ، މި ގޮތަށް މި ކަންކަން ދާކަމަށް އެއީ އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ކަމެއް އެއީ.
އެހެންވީމަ ޢީދު ނަމާދުގެ ޖަމާޢަތް ފަށާގަޑި، ރަސޫލާﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް އަޅުގަނޑުމެން ބަލާލާ އިރުވެސް މި އޮންނަނީ ޟުޙާ ގެ ކުރީކޮޅުގެ ވަގުތުގައި، ފިނި ވަގުތުގައި ކުރުން އެއީ މޮޅު އިތުރު ކަމެއްގެ ގޮތުގައި.
އެހެންވީމަ، ވަރަށް ގިނަ ބޭފުޅުންނާ އަޅުގަނޑު ވާނެ މިކަމާ ބެހޭގޮތުން މަޝްވަރާ ކޮށްފަ. އޭގެތެރޭގަ ހަމަ ވަރަށް ޢިލްމީ ބޭފުޅުން، އަދި ފަތުވާ ކައުންސިލް ދިވެހި ރާއްޖޭގެ ފަތުވާ ކައުންސިލް އޭގެ އިތުރުންވެސް ހަމަ މިނިސްޓްރީގެ ވާޢިޒުންނާއި އެކި އެކި ޢިލްމީ ބޭފުޅުންނާޢި އަޅުގަނޑު ވާނީ މަޝްވަރާ ކޮށްފަ. ޢީދު ނަމާދުގެ ޖަމާޢަތް 7:30 ގަ މިހާރު މި އޮންނަ އޮތުން ބަދަލުގައި 7 ޖަހާއިރަށް ބަދަލު ކުރުމާއި ބެހޭގޮތުން. ޢީދު ނމާދުގެ ޖަމާޢަތް 7 ޖަހާއިރަށް ބަދަލުކޮށްފި ކަމުގައި ވަނީނަމަ އަޅުގަނޑުމެންނަށް މީގެން ޝަރުޢީ ގޮތުން އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން އެކަމަކީ އެއީ. ދެން، 7 ޖަހާއިރަށް ޢީދު ނަމާދުގެ ޖަމާޢަތް ފެށުމާ ބެހޭގޮތުން މިހާރު މަޝްވަރާ ކުރަމުން މިދަނީ. މި ކަމުގައި އަޅުގަނޑު ރައްޔިތުންގެ ޚިޔާލުފުޅުވެސް ބޭނުންވޭ.
ސަބަބަކީ މި ބާވަތުގެ ކަންކަމަކީ މީ އެންމެން މަޝްވަރާ ކޮށްގެން ޚިޔަލުވެސް ހޯދައިގެން ނިންމަންޖެހޭ ކަންކަން މީކަމަކީ މީ. އެހެންމަ 7:30 އިން 7 ޖަހާއިރަށް ޖަމާޢަތް ފަށާގަޑި ބަދަލު ކުރުމަކީ އެއީ ދީނީ ގޮތުން އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން އެއީކީއެއް. ސަބަބަކަށްވަނީ، އަދިކިއެއް މޮޅު އިތުރު ގޮތަކީވެސް ވީހާވެސް ކުރީކޮޅުގައި ކޮށްލުން. ޟުޙާ ވަގުތުގައި ކުރީކޮޅުގައި ކުރުން. އެއީ ޝަރީޢަތުގައި މި އޮންނަނީ، ދީނުގައި މި އޮންނަނީ އިރު އަރައިގެން، އރު އެރުމަށްފަހު ބޮންތިއެއްގެ މިންވަރޭ މ އޮންނަނީ ނޫނީ ލޮންސިއެއްގެ މިންވަރަށް އިރުއެރުމާއެކު، އެއަށްފަހުގައޭ ޢީދު ނަމާދު މި ކުރެވެނީ.
އެހެންވީމަ އެއީ މިސްރުގެވެސް އަދި ސައުދި ޢަރަބިޔާގަވެސް އިރު އަރައިގެން އަންންތާ ގާތްގަނޑަކަށް ހަމަ ވިއްސަކަށް ތިރީހަކަށް މނިޓް ތެރޭގައި ނަމާދު ފަށާނެ. އެއަށްވުރެ ގިނަ ވަގުތުވީމަ ހޫނުވުމާއި ކަންކަން މެދުވެރިވާނެ. އެހެންވީމަ މިހާރު ކުރިންވެސް އަޅުގަނޑު މި ދެންނެވިހެން ރާއްޖޭގެ ރަށްރަށުގައި ހުސްބިންތަކާއި މައިދާންތަކުގަ ޢީދު ނަމާދު ކުރާތީވެ މީގެ އެންމެ މަސްލަޙަތު ހުރި ގޮތަކީ އެއީ ކުރިއަށް ޖެއްސުމޭ ޖަމާޢަތް.
އެހެންވީމަ ޖަމާޢަތް 7:30 ގަ އޮތް އޮތުމަށް ބަދަލު ގެނެއްސަ 7 ޖަހާއިރަށް ބަދަލު ކުރުން އެއީ ޚިޔާލަކީ މިހާރު. މިހާރު ހުށައެޅިފައޮތް ޚިޔާލު، އެއަށް މަޝްވަރާ ކުރަމުން އަޅުގަނޑުމެން މިދަނީ. މިގަ ވަކި ގޮތަކަށް އަޅުގަނޑުމެން ނިންމައިފި ކަމުގައި ވަނީނަމަ އިރާދުކުރެއްވިއްޔާމު މިފަހަރު އަޅުގަނޑުމެން ފަށާނީ އެގޮތަށް. އެގޮތަށް އަޅުގަނޑުމެން މި ފަށާނީ. އެހެންމަ މި ވަގުތަކަށް މިޔަކަށް އަދި ގޮތެއް ނިންމާފައެއް ނުވޭ. އަޅުގަނޑު ކުރިން މި ދެންނެވިހެން މަޝްވަރާ ކުރަމުން މިދަނީ 7:30 ގެ ބަދަލުގައި 7 ޖަހާއިރަށް ޖަމާޢަތް ދެން ބަދަލު ކުރުން އެއީ ރަނގަޅު ގޮތެއްކަމަށް. ދެން މިކަމާ ބެހޭގޮތުން ޢލްމުވެރިންނާއި ފަތުވާ ކައުންސިލާއި ހުރިހާ ފަރާތްތަކާވެސް އަޅުގަނޑު މި މަޝްވަރާ ކުރަމުން މި ދަނީ. ހުރިހާ ފަރާތަކުންވެސް އެއްބަސްވޭ ބަދަލެއް، ކުރިއަށް ޖެއްސުމާ ބެހޭގޮތުން. އެ ވަގުތު، އެއަށް މިހާރު މަޝްވަރާ ކުރަމުން މި ދަނީ.
އެހެންވީމަ، މިކަމާ ބެހޭގޮތުންވެސް އަޅުގަނޑު ތިބޭފުޅުންނާ ހިއްސާ ކޮށްލަން ބޭނުންވީ. އެހެންވީމަ މިއަދު ތިބޭފުޅުންނާ އަޅުގަނޑު ހިއްސާ ކޮށްލަން ބޭނުންވި ދެތިން މައުލޫ މި ދިޔައީ. އޭގެތެރެއިން ފުރަތަމަ މައުލޫއަކީ ރޯދަމަހުގެ އިޙްޔާ ފޯރަމްތަކާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމް.
ދެވަނަ މައުލޫއަކަށް އަޅުގަނޑު މި އަލި އަޅުވަލީ މިސްކިތްތަކުގެ އަޑު ކަނޑުވާލުމާއި މިކަމާ ބެހޭގޮތުން އެހެން މީހުން ދައްކާ ވާހަކަތަކާ ގުޅޭ ވާހަކަޔަށް.
ތިންވަނަ ކަމަކަށް މި އަލި އަޅުވާލީ ޢީދު ނަމާދުގެ ޖަމާޢަތުގެ ގަޑިއާ ބެހޭގޮތުން.. އިންޝާﷲ. ދޭތެރެ ދޭތެރެއިން ތިޔަބޭފުޅުންނާ އަދިވެސް ބައްދަލު ކުރާނަން. އާންމުކޮށް ހަމަ ކޮންމެ ހަފްތާއަކު ނޫނީ ދެ ހަފްތާއިން އެއްފަހަރު ނަމަވެސް ތިޔަބޭފުޅުންނާ ފޭސްބުކް މެދުވެރިކޮށް ބައްދަލު ކުރަމުން ދަނީ. އެއީ މިނިސްޓްރީގެ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާ ކުރުމަށްޓަކާ. ދެންވެސް މިފަދަ އެހެން ދުވަހެއްގައި ތިބޭފުޅުންނާއި ބައްދަލުކޮށްލުމުގެ އުއްމީދުގަ އަޅުގަނޑު ވަކިވެލާނަން.
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ
- އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު