ކުވައިތު ފަންޑުން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދިން އެހީ އަނބުރާ ގެންގޮސްފައިވަނީ، ކުރީ ސަރުކާރުން ކުވައިތު ފަންޑުގެ ޕްރޮކިއުމަންޓު އުސޫލާއި ޚިލާފުވުމުންކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ބައިނަލްއަޤްވާމީ ފަންޑިން އެޖެންސީތަކަކީ ޕްރޮކިއުމަންޓު ވަކި އުސޫލުތަކެއް ގެންގުޅޭ އެޖެންސީތަކެއް ކަމަށެވެ. އަދި ކުވައިތު ފަންޑުން ދިން އެހީ އަނބުރާ ގެންގޮސްފައިވަނީ ރާއްޖެއިން ޕްރޮކިއުމަންޓުގެ އުސޫލުތަކާއި ޚިލާފުވުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖެއިން އެސެސް ކުރުމަށްފަހު މިފޮނުވަނީ، ރާއްޖެއިން އޭރުގައި، ވަކި ގޮތަކަށް އެވޯޑުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރުމުން، ކުވައިތު ފަންޑުން ފައިސާ އަނބުރާ ގެންގޮސްފައިމިވަނީ" ޚަލީލު ވިދާޅުވިއެވެ.
ކުވައިތު ފަންޑުން އޭރު ދިިން އެހީއަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހޮސްޕިޓަލްތައް އެޅުމަށް ދިން އެހީއެކެވެ.