ރޯދަމަސް ނިމޭއިރު ތިމާ ހިފާ ރޯދައިގެ އިތުރުން ގިނަ ރޯދަތަކެއް ހިފިކަމުގެ ޘަވާބު ދެއްވަވާނެ މީހަކަށްވާން މަސައްކަތްކުރަމާތޯ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 3މ 23ސ
ރޯދަމަސް ނިމޭއިރު ތިމާ ހިފާ ރޯދައިގެ އިތުރުން ގިނަ ރޯދަތަކެއް ހިފިކަމުގެ ޘަވާބު ދެއްވަވާނެ މީހަކަށްވާން މަސައްކަތްކުރަމާތޯ؟

ރަމަޟާން މަހު މީރުތަކެތި ވީހާ ގިނައިން ކައި ބަނޑުފުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. އެއިގެ ބަދަލުގައި ތިމާ މަދުން ކައި އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިވަރަކުން ޘަވާބު އިތުރުކުރަން ކުރެވެން އޮތް ކަންތަކުގެ މަތިން ހަނދާންކުރާނަމަ ކުރާނެ ފައިދާ މާބޮޑެވެ. 

ޢަބްދުﷲ އިބްން ޢުމަރު (ރޢ) އިމާމް އަޙްމަދު، މާލިކް ބިން ދީނާރު، ފަދަ ބޭކަލުން ޢަމަލުފުޅުކުރެއްވެވިގޮތާއިމެދު ވިސްނައިލަމާ ހިނގާށެވެ! ޢަބްދުﷲ އިބްން ޢުމަރު (ރޢ) ކޮންމެ ދުވަހަކު ރޯދަވީއްލަވައި އުޅުއްވީ ފަޤީރުން ހޯއްދަވައިގެން އެމީހުންނާއިއެކުގައެވެ.  

ބައެއް ބޭކަލުން ރޯދަވީއްލަން ދެއްވާއިރު މެހްމާނުންނަށް ޚިދުމަތް ކުރައްވަވަނީވެސް އެބޭކަލުންގެ އަތްޕުޅުންނެވެ. އެކަމުން ވެސް އިތުރު ޘަވާބު ހޯއްދެވުމުގެ ބޭނުންފުޅުގައެވެ.   

ރަމަޟާން މަހުގައި އޮންނަނީ 29 ނުވަތަ 30 ދުވަހެވެ. އެކަމަކު އެމީހެއްގެ ކިބައިގައި ހިތްވަރާއި ތަނަވަސްކަން ހުރިނަމަ ކިތަންމެ ގިނަ ޢަދަދެއްގެ ރޯދަ ހިފިކަމުގެ ޘަވާބު ހޯދުމުގެ ފުރުޞަތުވެސް އެބައޮތެވެ!  

އަޅުގަނޑު ބުނާނީ އެކަމަށް ސަމާލުކަންދީފިނަމަ ގިނަ ބައަކަށް އެއްވެސް ދަތިކަމެއް ނެތި އިތުރު 30 ނުަވަތަ 60 ރޯދަ ހިފިކަމުގެ ޘަވާބު ލިބިގަނެވިދާނެއެވެ.  

މިއަދުނޫހުގައި ކޮންމެ އަހަރަކުވެސް މިފަދަ މޭރުމުން ލިޔާތީ އެކަން ކުރެވޭނެ ގޮތަކާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. ސުވާލުކުރައްވާ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި މިތަކުރާރުކޮށްލަނީ 3 އެކުވެރިއެއްގެ ވާހަކައެވެ. ވިދާޅުވެލައްވާށެވެ! އެއިރުން އެމަތިވެރިކަން ޙާޞިލްކުރެވޭނެ މަގު އެނގިލައްވާނެއެވެ. އިން ޝާ ﷲ   

ތަރާވީޙް ނަމާދަށްފަހު 3 އެކުވެރިއަކު ތިބީ ސައިބޯށެވެ. ސަމާސަ މިޒާޖެއްގައި އެކަކު ސުވާލުކުރިއެވެ. "ކޮބާ ޚާލިޤް މިހާރު މިމަހު ކިތައް ރޯދަ ހިފައިފިންތަ؟"  

ޚާލިޤް ދިނީ ވަރަށް އާދައާ ޚިލާފް ޖަވާބެކެވެ. "އަހަރެންނަށްވެސް ހިފުނީ ހަމަ 10 ރޯދައެވެ. ދުޢާ އަކީ އެ 10 ރޯދަ ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުމެވެ. ހަމަ އެއާއިއެކު އިތުރު 50 ރޯދައިގެ ސަވާބަށް އަހަރެން އުންމީދުކުރަމެވެ." 

ޚާލިޤްގެ ޖަވާބުން 2 ރަޙްމަތްތެރިންނަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. "ތިއައީ ކިހިނަކުން ވާނެ ކަމެއް ހެއްޔެވެ؟ ޚާލިޤް ރޯދައެއް ހިފާއިރަށް އިތުރު 5 ރޯދައިގެ ޘަވާބު ލިބެނީ ކިހިނަކުން ހެއްޔެވެ؟"  

ޚާލިޤް ބުންޏެވެ. "ރަހްމަތްތެރިންނޭވެ ކަލޭމެން އަހަރެންނަށްވުރެ މުއްސަނދި ނަމަވެސް ކަލޭމެން ތިއަ ތިބީ މި ޙަދީޘްފުޅު މަތިން ހަނދާން ނެތިފައެވެ. 

Praise be to Allaah.

It was narrated that Zayd ibn Khaalid al-Juhani said: The Messenger of Allaah (peace and blessings of Allaah be upon him) said: “Whoever gives iftaar to one who is fasting will have a reward like his, without that detracting from the reward of the fasting person in the slightest.”  

Narrated by al-Tirmidhi, 807; Ibn Maajah, 1746. Classed as saheeh by Ibn Hibaan, 8/216 and by al-Albaani in Saheeh al-Jaami, 6415.  

(މީހަކަށް ރޯދަ ވީއްލަން ދީފިނަމަ، އެމީހަކު ހިފި ރޯދައިން އެއްވެސް މިންވަރެއް އުނި ނުކުރައްވަވައި އޭނާ ހިފި ރޯދައާއި އެއްވަރުގެ ސަވާބެއް ރޯދަވީއްލަން ދިން މީހާޢަށް ﷲ ތަޢާލާ ދެއްވަވާނެތެވެ.) ޞަހީޙް ޙަދީޘް 

އަހަރެން މިހަދީޘްފުޅަށް އަމަލުކުރަން މަސައްކަތް ކުރަމެވެ. އަދި މިބުނީ ފުރިހަމަ އަދަދެއްވެސް ނޫނެވެ. އެއަށްވުރެ ވެސް ގިނަވާނެއެވެ. ކުރާ އަޅުކަމާއި ޞަދަޤާތުގެ ވާހަކައެއް ނުދެއްކޭނެއެވެ. މިކަން ތިއަ ރަޙްމަތްތެރިންގެ ސަމާލުކަމަށް މި ގެނައީ މިކަމަށް ތިއަ 2 ރަޙްމަތްތެރިންގެ ހިތުގައިވެސް ޝައުޤްވެރިކަން އުފެއްދުމުގެ މަޤްޞަދުގައެވެ.  

މީގެ 6 މަސް ދުވަސް ކުރިން މިކަމަށް އަހަރެން ފައިސާ އެއްކުރަން ފަށައިފީމެވެ. އަހަރެންގެ މަޤްޞަދަކީ ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ކޮންމެވެސް ބައަކަށް ރޯދަ ވީއްލަން ދިނުމެވެ. ﷲ ތައާލާގެ ވާގިފުޅާއިއެކު އެކަން އަހަރެން ކުރާނަމެވެ."  

ކޮންމެއަކަސް އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރި ފެންވަރަކުން މިކަންކުރެވޭތޯ ބަލަމާ ހިނގާށެވެ! ގެދޮރުގެ ތަނަވަސްކަން ހުންނަ ގޮތުން ގެއަށް ގެންގޮސް މީހުންނަށް ކާންދޭން އުނދަގޫވާނަމަ ޕާރުސަލް ތަށީގައި ބަންދުކޮށްގެންވެސް ކާންދެވިދާނެއެވެ. އަދި ފައިސާއިންވެސް ހޭދަކުރެވިދާނެއެވެ. އިން ޝާ ﷲ އެމީހަކަށް އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ.

 

މިއަދު އޮންލައިން