ހިޔާ ޓަވަރުތަކުގަ ހަރުކުރާ ލިފްޓުން ބަލި މީހުން އުފުލުމަށް ޚާއްސަ އިންތިޒާމް ހަމަޖައްސާނަން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ހިޔާ ޓަވަރުތަކުގަ ހަރުކުރާ ލިފްޓުން ބަލި މީހުން އުފުލުމަށް ޚާއްސަ އިންތިޒާމް ހަމަޖައްސާނަން: ރައީސް

ހިޔާ ޓަވަރުތަކުގެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރާއިރު ބަލި މީހުން އުފުލުމަށް ޚާއްސަ ނުވަތަ ސްޓްރެޗަރ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި "ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯ؟" ގދ.ގައްދޫ، ކައިރުގޭ، މުޙައްމަދު ލަބީބު ރައީސަށް ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ހިޔާ ޓަވަރުތަކުގެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރާއިރު ބަލި މީހުން އުފުލުމަށް ޚާއްސަ ނުވަތަ ސްޓްރެޗަރ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސަވާނެކަމަށެވެ. އަދި ހިޔާ ފްލެޓްތަކުގެ ލިފްޓްތައް ހަރުކުރުމުގެ މަޝްރޫޢު ނިމޭއިރު ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލެއް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގެ ދަށުން އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

 

މިއަދު އޮންލައިން