މަރުޙަބާ ރަމަޟާން: ދަންވަރު ހޭލައި އެންމެންނަށް ދަމުނަމާދު ނުކުރެވިދާނެ! ކިތަންމެ ބޮޑަށް ހިތްވަރުކޮށްގެންވެސް ތަރާވީޙް ނަމާދު ދޫކޮށް ނުލާތި!: ޑރ. އާދަމް ޝަމީމް

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 33ސ
މަރުޙަބާ ރަމަޟާން: ދަންވަރު ހޭލައި އެންމެންނަށް ދަމުނަމާދު ނުކުރެވިދާނެ! ކިތަންމެ ބޮޑަށް ހިތްވަރުކޮށްގެންވެސް ތަރާވީޙް ނަމާދު ދޫކޮށް ނުލާތި!: ޑރ. އާދަމް ޝަމީމް

ލޮބުވެތި އަޚުން ލޮބުވެތި އުޚްތުން. ރަމްޟާންމަހުގަ ވަރަށް ޚާއްސަ މާތް މަތިވެރި ޝަރަފު ލިބިގެންވާ ހެޔޮކަމެއް. ރަމަޟާންމަހުގެ ޤިޔާމް، ރަމަޟާންމަހުގެ ޤިޔާމް އޭގެ މާނައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށްޓަކައި ފަރުޟު ނަމާދުތަކުގެ އިތުރުން ރޭއަޅުކަން އަދާކުރާށޭ. ރޭއަޅުކަން އަދާކުރާށޭ. އަޅުގަނޑުމެން އެންމެންނަށް އެނގޭ ބަރަކާތްތެރި ރަމްޟާންމަހަށްޓަކައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވި އަހައްމިއްޔަތު ކަމަކީ އާންމު މޫސުމުގައި ރޭ އަޅުކަމަކީ ކޮންމެ މީހަކު އަމިއްލައަށް ކުރާ ކަމެއް. ފަހަރެއްގަ ދެމަފިރިން ނުވަތަ އާއިލާއާ އެކުގަ ޖަމާޢަތް އޮވެދާނެ. އެހެންނަމަވެސް މުސްލިމުންގެ ބޮޑު ޖަމާޢަތެއްގައި ކުރާ ނަމާދެއްނޫން ފަރުޟު ނަމާދުފިޔަވާ ހުކުރުނަމާދު ފިޔަވާ ޢީދުނަމާދު ފިޔަވާ ރޭއަޅުކަމަކީ. 

އެހެންނަމަވެސް ރަމްޟާންމަސް އައީމަ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ޚުދު އިމާމުވެވަޑައިގެން މުސްލިމުންނަށް ރަމްޟާންމަހު ނަމާދު ކޮށްދެއްވި. ޢިޝާނަމާދު ފަހު އެހެންވެ ޢިޝާނަމާދުފަހުން ތަރާވީޙްނަމާދު ޤިޔާމަށް ކުރުން ޝަރުޢު ކޮށްދެއްވި. އެންމެންނަކަށް ދަންވަރު ހޭލއިގެން ނަމާދަށް ދިއުން ފަސޭހަކަމަކަށް ނުވާނެ. ޚާއްސަކޮށް މުސްކުޅިންނަށް، ޚައްސަކޮށް އަންހެނުންނަށް ކުޑަކކުދިންނަށް. އެހެންވެ، މި ބޮޑު ޖަމާޢަތް މުސްލިމުން އެންމެން އަޅުކަމުގަ އެންޖޯއީ ކުރަންވެގެން، އަޅުކަމުގަ އުފާކުރަންވެގެން، ހިއްހަމަޖެހުން ހޯދަންވެގެން، ސަވާބާއި ދަރުމަ ޖަމާޢީގޮތެއްގައި ހޯދަންވެގެން ރަމްޟާންމަހަށް ޚާއްސަކަމެއް މީ ތަރާވީޚްނަމާދު ޝަރުޢު ކޮށްދެއްވުން. ﷲ އަކްބަރު 

ޙަތިމް ނުކުރެވިދާނެތީ އަވަސް ނުކުރައްވާ. އެއީ ވިޔަފާރީގެ މުއާމަލާތަކަށް ނަހަދާ. ކާރިމީހާއަށްވެސް މަޖުބޫރުނުކޮށް ރީތިކޮށް ޤުރުއާން ކިޔަވާ އެ އަޑުއަހާ ފަހަތުގަ ރަނގަޅު އިމާމެއްގެ ފަހަތުގަ ރަމަޟާންމަހުގެ ކޮންމެ ރެއަކު ޤިޔާޟު ކުރެވޭތޯ ބަލަންޖެހޭ. ސަބަބަކީ

"ރަމަޟާންމަހުގެ ކޮންމެ ރެއަކު، ކޮންމެ ރެއަކު ޤިޔާމުކޮށްފި މީހެއްގެ އިސްވެދިޔަ ހުރިހާ ފާފައެއް މާތް ﷲ ފުއްސަވާ." 

އެންމެ ރެއެއްވެސް އެހެންވީމަ ފަރުވާ ކުޑަކޮށްލައިގެން ނުވާނެތާ. ޖަމާޢަތުގަ ނަމާދުކުރުން އެއީ އެންމެ މާތް މަތިވެރިގޮތް  އެކަމު އެންމެން ކިހިނެއްތޯ ޖަމާޢަތަށް ދާނީ. 

"އިމާމުމީހާޔާ އެކުގަ ނަމާދުފަށާ ނިންމައިފި މީހަކަށް ރޭ އަޅުކަން އެރެއެއްގަ މާތް ﷲ ލިޔުއްވައިފިއެ. އަދި އެކަމަށް ކުޅަދާނަ ނޫންމީހާވެސް ރޭއަޅުކަން އެއްކޮށް ދޫކޮށް ނުލާށޭ. ތިބާ ޑިއުޓީގަ، ތިބާ މަސައްކަތުގަ، އެހެންނަމަވެސް ކޮންމެސް ވަގުތުކޮޅެއް ހޯދާލައިގެން ޢިޝާނަމާދާ ފަތިސްނަމާދާ ދޭތެރޭގާ ދެރަކްޢަތް ނަމާދެއް ކޮށްލައްވާ. ވިތުރީގެ އެއްރަކްޢަތް ކޮށްލައްވާ. މިވަރު ނުވާނެ މީހަކު ހުންނާނެބާ. ނުވަތަ އެއަށްވުރެން ފުރިހަމަ ކޮށްލައްވާ ވަގުތު އޮތިއްޔާ. އެއަށްވުރެން ތަންކޮޅެއް އިތުރު ކޮށްލައްވާ. ނަމާދު ދޫކޮށްނުލާށޭ އެންމެ ރެއަކުވެސް. އެއީ ރަމަޟާންމަހުގެ ޤިޔާމުގެ މުހިއްމުކަން. 

- އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބުރާސްފަތިދުވަހުގެ ރޭ "މަރުޙަބާ ރަމަޟާން" ގެ ނަމުގައި ޑރ. އާދަމް ޝަމީމް ދެއްވި ދަރުސުން

 

މިއަދު އޮންލައިން