ޕެންޝަން ފަންޑުން ފައިސާ ނެގޭނީ ޤާނޫނު އިސްލާޙުކޮށްގެން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ޕެންޝަން ފަންޑުން ފައިސާ ނެގޭނީ ޤާނޫނު އިސްލާޙުކޮށްގެން: ރައީސް

ޕެންޝަން ފަންޑުން ފައިސާ ނެގޭނީ ޤާނޫނު އިސްލާޙުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ، ވަޒީފާއިން ވަކިވުމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯ އާންމުރައްޔިތަކު ކުރެއްވި ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ އެކަން ހަމަޖެއްސޭނީ މަޖިލީހުގެ ތެރެއިން ޤާނޫނު އިސްލާހު ކޮށްގެން ކަމަށެވެ.

ރައީސް ވިދާޅުވީ ޕެންޝަން ފައިސާއަކީ ވަކި ޤާނޫނެއްގެ ދަށުން ނެގޭ އެއްޗެއް ކަމަށާއި އެހެން ކަމުން ސަރުކާރަށް އެކަމަށް ބަދަލެއް ގެނެވޭނީ ޤާނޫނު އިސްލާޙު ކޮށްގެން ކަމަށެވެ.

"ބޭނުން ޕެންޝަން ސްކީމް ވަރުގަދަކުރަންވެސް އޭގެއިން ފައިދާ ރައްޔިތުންނަށް އެންމެ ރަނގަޅުގޮތަކަށް ރައްޔިތުންނަށް ވާނެގޮތަކަށް ހަދަން. އެއަށް އެއްވެސް ކަހަލަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން. އެހެންވީމަ އިސްލާހް ގެނެވޭނެ ފުރުސަތު ރައްޔިތުންގެ މަޖިލިސް ތެރެއިން ލިބިގެންދިއުމަކީ ތިވިދާޅުވިކަހަލަ ކަންތައްތައް ކުރެވޭނެގޮތް މަގުފަހިވާނެ ގޮތް" ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން