ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް ގައި "ޝަރީޢަތް ނިމެންދެން ކުރާ ބަންދު ނުވަތަ "ވާނުވާ" ގައި ތިބޭ މީހުން ދޫކޮށްލުމަކީ ރައީސްގެ ވަޢުދެއްކަމަށާއި އެކަން ކުރައްވާނީ ކޮން އިރަކުތޯ" މ.މުލަކު، އޯޝަންލެޑް، ނަޝީދާ ޙަސަން، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

ޖަވާބުގައި ރައީސް ވިދާޅުވީ ވާނުވާ މައްސަލަ ހައްލުކުރުމަކީ ވަރަށް މުހިއްމު ވައުދުފުޅެއްކަން ފާހަގަކުރައްވާ، އެ މައްސަލަ ހައްލުކުރުމަށް މިހާރު ކުރިއަށް ދަނީ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އަދި، ތަހުގީގީ މަރުހަލާގެ ކަންކަން ވެސް މިހާރަށްވުރެ ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

"އެކަމާ ގުޅޭގޮތުން މިހާރު އިސްލާހުތަކެއް ގާނޫނަށް ގެނައުމަށް ލީގަލް މަސައްކަތްތަކެއް އަޅުގަނޑުމެން ފަށައިފިން. އިރާދަކުރެއްވިއްޔާ ގާނޫނީ ހައްލެއް މައްސަލައަށް ގެނެވޭނެ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިއަދު އޮންލައިން