ބުއްދިފިލައިދަނީ ހަމައެކަނި ދުނިޔެއިން މޮޔަވުމަކުން ނޫނެވެ! ފިޓްޖެހުން ފަދަ ކަންކަން މެދުވެރިވުމުންވެސް ބުއްދިފިލައިދެއެވެ. ކުރެވޭ ނުކުރެވޭ ކަންކަން ނުއެނގޭ ޙާލަތުގައި ކަންކަން ކުރެވެއެވެ.
އިސްލާމް ދީނުގައި ތަކްލީފްތައް އުފުލަން ޖައްސަވާފައިވަނީ ބުއްދިސަލާމަތުން ހުރުމުންނެވެ. ބައްޔެއްގެ ސަބަބުން ނަމަވެސް ނުވަތަ އެނޫންވެސް ގޮތަކުން އެމީހެއްގެ ކިބައިން ބުއްދިފިލާފައިވާ މީހަކަށް ދީނުގެ އެއްވެސް ތަކްލީފެއް އުފުލާކަށް ނުޖެހޭނެއެވެ.
ބައެއް މީހުންނަކީ ބަލީގެ ސަބަބުން ކަންކަން ދިމާވެ އޭނާއަށް ހުރެވެނީ ރޯދައަށް ކަންވެސް ނުއެނގޭ ޙާލަތުގައި ތިބޭ މީހުންނެވެ. އެމީހުންނަށް އެކަން ނުއެނގޭ ދުވަހަކު އެމީހުން ރޯދަ ހިފުމެއް ނެތެވެ. ނަމަވެސް އެފަދަ މީހަކުވެސް ބުއްދި ސަލާމަތުން ހުންނަ ދުވަސްތައް އަންނަނަމަ އެދުވަސްތަކުގައި ރޯދަހިފަންވާނެއެވެ!
"ބަލިޙާލެއްގައި އުޅެންޖެހުމުން މީހާއަށް ކުރެވޭ ނުކުރެވޭ ކަންކަން ނުއެނގުން ފަދަ ޙާލަތެއް މެދުވެރިވެ ޢުޛުވެރިކަމެއް އޮތް މީހަކަށް ރޯދަހިފަން ވާޖިބެއް ނުވާނެ! ބުއްދިފިލައި ގޮސްފައިވާ ޙާލުގައި ހުންނަ މީހާއަށް ވެސް ރޯދަ ހިފުން ވާޖިބެއް ނުވާނެ! މަސްތުވާތަކެތި ފަދަ ތަކެތި ބޭނުންނުކުރަންވީވެސް އެހެންވެ. އެކަމުގެ ސަބަބުން ބުއްދިފިލައިގެންދާތީ!|"
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ގުޅުންހުރި ވީޑިއޯ: