ބަންކަރިންގެ ހިދުމަތް ފެށުމަކީ ޓޫރިޒަމްގެ އިތުރުން ރާއްޖޭގެ އާމްދަނީ އިތުރު ކުރެވޭނެ މުހިންމު މަސައްކަތެއް: ސަޢީދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ބަންކަރިންގެ ހިދުމަތް ފެށުމަކީ ޓޫރިޒަމްގެ އިތުރުން ރާއްޖޭގެ އާމްދަނީ އިތުރު ކުރެވޭނެ މުހިންމު މަސައްކަތެއް: ސަޢީދު

ބަންކަރިންގެ ހިދުމަތް ފެށުމަކީ ޓޫރިޒަމްގެ އިތުރުން ރާއްޖޭގެ އާމްދަނީ އިތުރު ކުރެވޭނެ މުހިންމު މަސައްކަތެއް ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެންވިދާޅުވީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެގޮތުން އެސްޓީއޯއާއި މަލްޓިނޭޝަނަލް އެނަރޖީ އެންޑް ކޮމިޑިޓީ ޓްރޭޑިން ކޮންޕެނީ، ވިޓޯލް ގުރޫޕާއި ދެމެދު ޓާރމް ޝީޓްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ޓޫރިޒަމްގެ އިތުރުން ރާއްޖޭގެ އާމްދަނީ އިތުރު ކުރުމަށް ކުރެވޭނެ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރައްވައި މި ފަދަ ޕްރޮޖެކްޓެއް ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏާ އެކު ހިންގަން ލިބުމަކީ ލިބޭ ހިތް ހަމަޖެހުމެއް ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

"ބޮސްޓިން ކޮންސަލްޓިން ގުރޫޕު ފަދަ ތަންތަނުން ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުން ބަންކަރިންގެ ޚިދުމަތް ކާމިޔާބުކަމާއެކީ ދެވޭނެ އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ މަޑު ކަނޑެއް ލިބިފައިވުމާއި ރާއްޖޭގެ ކަނޑުތައް ތިލަވުން. މީގެ ސަބަބުން ތަފާތު ސައިޒުތަކުގެ ބޯޓުފަހަރު ރާއްޖޭގައި މަޑުކޮށް ފަސޭހަކަމާއެކު ބަންކަރ ކުރެވޭނެ." ސަޢީދު ވިދާޅުވިއެވެ.

​ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. އެ ސަރަހައްދުގައި އެ ބޯޓު ފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނޯވެއެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް ޤުދުރަތީ ގޮތުން ރާއްޖެއަށް ލިބެންޖެހޭ ހުރިހާ ނަސީބެއް ލިބިފައިވާއިރު ނެތީ އެފަދަ ޚިދުމަތެއް ދެވޭނެ ފެންވަރުގެ ފެސިލިޓީއެއް ކަމަށް ސަޢީދު ވިދާޅުވިއެވެ.

މިއަދު އޮންލައިން