ޢާންމުފަރާތަކުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާ ކުރި ސުވާލު:
މިވަގުތު އިންޝުއަރެންސް އާ ބެހޭގޮތުން. ކޮށްލަން ބޭނުންވާ ސުވާލަކީ އިންޑިވިޖުއަލް ބޭފުޅުންނަށް ނަގާއިރު އެބަދޭ ގާތްގަނޑަކަށް 11000 ނޫނީ 12000 ރުފިޔާ މީހަކަށް ދާއިރު، އަޅުގަނޑުމެން އިންޝުއަރެންސް ނަގައިގެން ޑޮކްޓަރަށް ދައްކާއިރު މި ޖެހެނީ އަމިއްލައަށް ޕޭކޮށްފަ ބިލްތައް ހުށަ އަޅަން. ހުށައަޅައިގެން 14 ދުވަސްތެރޭގަ މި އެނގެނީ އެ އިންޝުއަރެންސުން އޭތި އަޅުގަނޑުމެންނަށް ޕޭކުރާނެތޯ ނުވަތަ ނުކުރާނެތޯ. އެކަމަށް ހައްލެއް ނޫނީ އަޅުގަނޑުމެންނަށް ޑައިރެކްޓްކޮށް ވާހަކައަކީ އިންޝުއަރެންސް ކަވަރ ކުރާނެ ގޮތެއް ނެތްތޯ އިންޑިވިޖުއަލްސް އިންނަށް؟
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޖަވާބު:
އާދެ އިންޝުއަރެންސް ގެ ނިޒާމަކީ ވަކިގޮތަކަށް ވަކި އުސޫލުތަކެއް ކަނޑައެޅިފަ އޮންނަ ކަމެއް ވީމަ، ތި ވިދާޅުވި ކަންތަކުގަ އަޅުގަނޑު މަޝްވަރާ ކުރާނަން އިނގޭތޯ ކަމާބެހޭ އިދާރާތަކުގަ ދަންނަވާލާނަން، މިހާރަށްވުރެ ރަނގަޅު ގޮތަކަށް ހާއްސަކޮށް އާންމު ފަރުދުން އިންޝުއަރެންސްގެ ނިޒާމުގެތެރޭގައި ބައިވެރިވެގެން ކުރިއަށް ދާއިރުގަ ތި ވިދާޅުވިގޮތަށް އޮތުމަށްވުރެ ރަނގަޅު ގޮތަކަށް އެކަން ހަމަޖެއްސޭނެ ގޮތެއްވޭތޯ. ކަމާބެހޭ އިދާރާތަކުގަ ދަންނަވާނަން އެކަން ބަލައިދީ ރަނގަޅު ގޮތެއް ހަދައިދިނުމަށް.