ދަރިވަރުންގެ އިޙްޔާ ފޯރަމް މިރޭ އިސްލާމީ މަރުކަޒުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ދަރިވަރުންގެ އިޙްޔާ ފޯރަމް މިރޭ އިސްލާމީ މަރުކަޒުގަ!

ސްކޫލް ދަރިވަރުންގެ މެދުގައި ދީނާއިމެދު އޮންނަ ލޯބި އިތުރުކުރުވުމުގެ މަޤުޞަދުގައި އިސްލާމީ މިނިސްޓްރީން ކުރިއަށް ގެންދާ ދަރިވަރުންގެ އިޙްޔާ ފޯރަމް މި ރަމަޟާން މަހުވެސް ކުރިއަށްދަން ހަމަޖައްސައި ފުރަތަމަ ފޯރަމް މިރޭ ކުރިއަށް ގެންދާނެއެވެ.

މިރޭގެ ފޯރަމް ފަށާނީ 9.30 ގައި އިސްލާމީ މަރުކަޒުގައެވެ. 

ސްކޫލްތަކުގެ ދަރިވަރުން ލައްވާ މި އިޙްޔާ ފޯރަމް ކުރިއަށް ގެންދަނީ ވަކި މައުޟޫއެއް ނެގުމަށްފަހު ސްކޫލްތަކަށް އެ މައުޟޫޢު ހަވާލުކޮށް ދުރާލާ ތައްޔާރުކުރުވައިގެންނެވެ.

ޢިލްމުވެރިން އެދަރިވަރުން ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދޭނެއެވެ. އަދި ތައްޔާރުކުރާ ޕްރެޒެންޓޭޝަން ނިމުމުން ރަނގަޅަށް ބެލުމަށްފަހު އެއްވެސް މަޢުލޫމާތެއް މަދުވާނަމަވެސް އެ މަޢުލޫމާތެއް ޢިލްމުވެރިން ފޯރުކޮށްދޭނެއެވެ.

 

މިއަދު އޮންލައިން