ހިލާލީ އެގެއިން ނިކުމެވަޑައިގެންފައިވާ ކަމަށް ބުނެ ފަތުރަނީ ޙަޤީގަތެއް ނެތް ވާހަކަތަކެއް: ނައިބް ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ހިލާލީ އެގެއިން ނިކުމެވަޑައިގެންފައިވާ ކަމަށް ބުނެ ފަތުރަނީ ޙަޤީގަތެއް ނެތް ވާހަކަތަކެއް: ނައިބް ރައީސް

ހިލާލީ އެގެއިން ނިކުމެވަޑައިގެންފައިވާ ކަމަށް ބުނެ ފަތުރަނީ ޙަޤީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަތުރަމުންދަނީ ދޮގު ވާހަކައެއްކާއި އަދި ޙަޤީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރާ، މުޅި މުޖުތަމަޢުގެ މަސްލަހަތު ހިމެނޭ މިފަދަ ވާހަކަތައް ފެތުރުމުގެ ކުރިން ކަމުގެ ޙަޤީޤަތް އޮޅުންފިލުވުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ. މިފަދަ ވާހަކަތައް ފެތުރުމަކީ މުޖުތަމަޢުގައި ފިތުނަ ފަސާދަ އިތުރުވެ މަސްލަހަތު ގެއްލޭނެ ކަންކަމަށްވާތީ، ދޮގު ވާހަކަ ނުފެތުރުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މިގޮތަށް އެދިވަޑައިގެންނެވީ ނައިބު ރައީސުންނަށް ޚާއްސަ ސަރުކާރުގެ ގެކޮޅު، ހިލާލީ ގޭގައި ދިރިއުޅުއްވުމަށްފަހު އެމަނިކުފާނު އެގެއިން ނިކުމެވަޑައިގެންފައިވާކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ވާހަކައަކާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

މިއަދު އޮންލައިން