ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވައިފައިވެއެވެ. " ރޯދަ ވީއްލުން އަވަސްކުރަހާ ހިނދަކު މީސްތަކުންގެ ކިބައިން ހެޔޮކަން ފިލައިނުދާ ހުއްޓެވެ."
(ޞަޙީޙް ބުޚާރީ: 1957)
حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، أَخْبَرَنَا مَالِكٌ، عَنْ أَبِي حَازِمٍ، عَنْ سَهْلِ بْنِ سَعْدٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " لاَ يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الْفِطْرَ ".
Narrated Sahl bin Sa`d:
Allah's Messenger (ﷺ) said, "The people will remain on the right path as long as they hasten the breaking of the fast."
މިޙަދީޘްފުޅުން އެނގިގެންދަނީ ރޯދަވީއްލަން އަވަސްވެގަތުމުގެ މުހިންމު ކަމެވެ. ކުރާ ކޮންމެ އަޅުކަމެއްގައިވެސް ފައިދާ އެންމެ ބޮޑުވެފައި އެންމެ ގިނަ ޘަވާބު ލިބުން އޮތީ އެކަމެއް ކުރަން އޮތް އެންމެ ރަނގަޅު ގޮތުގައި ކުރުމުންނެވެ.
ދެން ބަލައިލަންވީ ހާރު ކެއުން ފަސްކުރުމަށެވެ. ހާރު ކެއުން އޮތީ އެމީހަކަށް ވެވުނު ވަރަކުން ފަސްކުރުމެވެ. ވީހައިވެސް ފަސްކުރުމެވެ. އެކަމަކަށް ވަކި ޙަދީޘްފުޅެއް ނެތެވެ. ނަމަވެސް އަޞްޙާބް ބޭކަލުންގެ އަރިއަހުން އެނގެން އޮތްކަމެއް އެބައޮތެވެ. އެއީ ހާރުފަރިއްކުޅުއްވަވައި ނިންމެވުމާއި ފަތިސް ނަމާދުގެ ބަންގިއާއި ދެމެދު 50 އާޔަތް ކިޔަވައި ލެވޭނެ މިންވަރަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ހާރު ފަސްކުރައްވަވާ ކަމެވެ.
މަޢުލޫމާތު: ޝައިޚް ޝަފީޢު ޢަބްދިﷲ