ގްރޭޑް 10 ނިންމާ ކުދިންގެ ކިބައިގައި އިމާމްކަން ކުރުމުގެ ޤާބިލިއްޔަތު ހުންނާނެ: ޑރ. ޝަހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ގްރޭޑް 10 ނިންމާ ކުދިންގެ ކިބައިގައި އިމާމްކަން ކުރުމުގެ ޤާބިލިއްޔަތު ހުންނާނެ: ޑރ. ޝަހީމް

ގްރޭޑް 10 ނިންމާ ކުދިންގެ ކިބައިގައި އިމާމްކަން ކުރުމުގެ ޤާބިލިއްޔަތު ހުންނާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ފުރަތަމަ ބައި ނިންމި ކުދިންނަށް ރަސްމީ ހުއްދަ ދޫކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

ޑރ. ޝަހީމް ވިދާޅުވީ ގުރޭޑު 10ގެ އިސްލާމީ މުޤައްރަރު ވަރަށް ރަނގަޅުކަމަށާއި އެ މުޤައްރަރުގައި ބައެއް ފިޤުހު ކޯސްތަކުގައި ކިޔަވައިދޭ މަޢުޟޫތައްވެސް ހުންނަކަމަށެވެ. އަދި އެ މުޤައްރަރުގެ ދަށުން ގްރޭޑް 10 ނިންމާ ކުދިންގެ ކިބައިގައި އިމާމްކަން ކުރުމުގެ ޤާބިލިއްޔަތު ހުންނާނެ ކަމަށާއި އެކުދިންނަށް ލިބިފައިވާ ޤުރުއާން ކިޔެވުމުގެ ހުނަރު ބޭނުންކުރުމުގެ ފުރުޞަތު، މިފަދަ ޕްރޮގުރާމުތަކުގެ ތެރެއިން ފަހިކޮށްދެންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ މަޝްރޫޢުގެ ދަށުން ތަމްރީނު ޕްރޮގުރާމް ނިންމާ ދަރިވަރުންނަށް ހުކުރު ކުރުމާއި ޢީދު ނަމާދުކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ކަމަށެވެ. 

މިއަދު އޮންލައިން