ރައީސްގެ ވަޢުދުގެ ދަށުން މިއަހަރު ޙައްޖަށް ފޮނުވާ މީހުން ކަނޑައަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ރައީސްގެ ވަޢުދުގެ ދަށުން މިއަހަރު ޙައްޖަށް ފޮނުވާ މީހުން ކަނޑައަޅައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން މިއަހަރު ޙައްޖަށް ފޮނުވާ މީހުން ކަނޑައަޅައިފިއެވެ.

ފަގީރުންގެ ތެރެއިން 1000 މީހުން ޙައްޖަށް ފޮނުވުމަށް ރައީސް ޑރ.މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ.

ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ސަރުކާރުގެ ޙަރަދުގައި ޙައްޖަށް ގެންދާނެ 50 މީހުން އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ގުރުއަތުން ހޮވާފައެވެ. އަދި މީގެތެރެއިން އެއްވެސް މީހަކަށް ނުދެވޭ ފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެޖާގައަށް ގެންދާނެ އިތުރު 10 މީހަކު ރިސަރވްގެ ގޮތުގައި ވަނީ ގުރުއަތުން ހޮވާފައެވެ. 

ސަރުކާރުގެ ހައްޖަށް ގެންދާނެ މީހުން ކަނޑައެޅުމަށް ފަގީރުންގެ ލިސްޓުގައި މިދިޔަ އަހަރު ތިބި މީހުންގެ ތެރެއިން ޝަރުޠު ހަމަވާ 982 މީހުންނާއި އިންޓަރވިއުކޮށް އެމީހުންގެ ތެރޭގައި ޝަރުތު ހަމަވާ 667 މީހުން އެބަތިބިކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން