ޕޯސްޓް މެދުވެރިކޮށް ޙައްޖާއި ޢުމްރާއަށް ދާ މީހުންނަށް ރާއްޖެއަށް ތަކެތި ގެނެވޭގޮ ހަދަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ޕޯސްޓް މެދުވެރިކޮށް ޙައްޖާއި ޢުމްރާއަށް ދާ މީހުންނަށް ރާއްޖެއަށް ތަކެތި ގެނެވޭގޮ ހަދަނީ

ޕޯސްޓް މެދުވެރިކޮށް ޙައްޖާއި ޢުމްރާއަށް ދާ މީހުންނަށް ރާއްޖެއަށް ތަކެތި ގެނެވޭގޮ ހަދަމުންދާކަމަށް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަފީޤް ހައްޖާއި ޢުމްރާއިން އެނބުރި އަންނައިރު ލަގެޖު ބަރުވުމުގެ މައްސަލަ ވަރަށް ގިނަފަހަރަށް ކުރިމަތިވާކަމަށެވެ. ސަޢުދީ ޕޯސްޓާއެކު ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުޑަ ފީއަކާއެކު ގިނަވަގެން 30 ކިލޯގެ ތަކެތި ޕޯސްޓް މެދުވެރިކޮށް ގެނެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށާއި ކިލޯއަކަށް ކަނޑައަޅާ އަގު ހުންނާނީ ކޮމާޝަލް އަގުތަކަށްވުރެ ވަރަށް ހެޔޮކޮށްކަމަށެވެ.

އަޅުކަމަށްދާ ސަރަޙައްދުތަކުގައި މި ޚިދުމަތް ދޭން ޕޯސްޓްތަކެއް ހަދާނަން. އެ ލޮކޭޝަންތައް ކަނޑައެޅުނީމަ، އެ ތަންތަން އިނގޭނެގޮތަށް މަޢުލޫމާތު ދޭނަން." ޕޯސްޓްގެ ސީއީއޯ އަޙުމަދު ޝަފީޤް ވިދާޅުވިއެވެ.

ޝަފީޤް ވިދާޅުވީ މި އިންތިޒާމްތައް ވީހާވެސް އަވަހަށް ހަމަޖައްސާ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މިއަދު އޮންލައިން