މިހާރުވެސް މިގެންދަނީ ގިނަ ބާވަތްތަކެއް ހެޔޮ އަގުގަ ރައްޔިތުންނަށް ފޯރުކޮށްދެމުން! އެކަމަށް އަދިވެސް އިތުރަށް މަސައްކަތްކުރާނަން!: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
މިހާރުވެސް މިގެންދަނީ ގިނަ ބާވަތްތަކެއް ހެޔޮ އަގުގަ ރައްޔިތުންނަށް ފޯރުކޮށްދެމުން! އެކަމަށް އަދިވެސް އިތުރަށް މަސައްކަތްކުރާނަން!: ރައީސް

އަޅުގަނޑުމެންގެ އެދުމަކީ ހުރިހާ ރައްޔިތުންނަށް (އަބަދުވެސް) ކާބޯތަކެތި ވީހާ އަގު ހެޔޮކޮށް ލިބޭނެގޮތެއް، ހާއްސަކޮށް މި ބަރަކާތްތެރި ރަމަޟާން މަހު ހަމަޖައްސައިދިނުން-

ކާބޯތަކެތީގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދޭކަމެއް. ބަރަކާތްތެރި ރަމަޟާން މަސް ފެށިގެން ދާއިރުގަ އެންމެ އަސާސީ ހުރިހާ ބާވަތެއް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވި އަގުހެޔޮ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. މިހާރުވެސް އަގުހެޔޮކޮށް ވިއްކަން ފަށާފަވަނީ. އަދިވެސް ހަމަ އިތުރު މަސައްކަތްތައް ކުރާނަން ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަށްޓަކާ. 

އަދި ކުރިއަށް އޮތް މުސްތަޤްބަލްގަ މެދު ރާސްތާގެ އަދު ދުރު ރާސްތާގެ އަޅުގަނޑުމެންގެ ޕްލޭންއަކީ ރާއްޖޭގަ އުފެއްދޭ ހުރިހާ ބާވަތްތަކެއްގެ ކާބޯތަކެތި ރާއްޖޭގަ އުފެއްދޭގޮތް ޤާއިމްކޮށް ފުޑް ސެކިއުރިޓީ ޔަޤީންކުރަން. އޭރުން ކާބޯތަކެތީގެ އަގުވެސް ދަށްވެގެން ދާނެ އަދި ކުއަންޓިޓީވެސް ޔަޤީންވެގެންދާނެ، ފުޑް ސެކިއުރިޓީ ޔަޤީން ވެގެން ދާނެ.

ޝުކުރިއްޔާ 

- މިއީ ޢާންމު ރައްޔިތަކު ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ސުވާލަށް އެމަނިކުފާނު ދެއްވާފައިވާ ޖަވާބެވެ.

 

މިއަދު އޮންލައިން