"މިއަދު މީ އިންޓަނޭޝަނަލް ވިމެންސް ޑޭ ވީމާ ހުރިހާ ކަނބަލުންނަށް ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވަން.
އަޅުގަނޑުގެ ސިޔާސަތަކީ ކަނބަލުންނަކީ އަންހެން ބޭފުޅުންނަކީ ބާރުވެރި ކުރެވިފައިވާ އެންޕަވާ ކުރެވިފައިވާ ބަޔަކަށް ހަދާ ދިނުން. އެކަމަށްޓަކާ ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރިއަށް ގެންދަން. އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ތައްވެސް ބާރުވެރިކުރުވާ މަސައްކަތް ކުރެވޭނެ ގޮތް ޤާނޫނުތަކަށް އިސްލާޙު ގެނެސްގެން ކުރިއަށް ގެންދަން އަޅުގަނޑު ގަސްދުކޮށްފައިވާނެ. އެހެންވީމަ މި ދުވަހުގެ ތަހުނިޔާ ހުރިހާ އަންހެން ބޭފުޅުންނަށް ދަންނަވަން."
- ރައީސް ޑރ. މުޙައްމަދު މުޢިއްޒު