"މާލެ ސަރަޙައްދުގަ މި ޤާއިމް ކުރަން މަސައްކަތް ކުރާ ގެދޮރުވެރިކަމުގެ ޕްރޮޖެކްޓްސް ތަކަކީ ހުރިހާ ރައްޔިތުންނަށް އޭގެ ފުރުސަތު ލިބިގެންދާނެ މަޝްރޫއުތަކެކޭ. އޭގަ މާލޭގެ ހުރިހާ ރައްޔިތުންނަށް، ގެދޮރުވެރިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް މާލެސިޓީގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރު ކޮށްދިނުން އެއީ އެންމެ ފުރަތަމަ ކަމަކީ.
އެއީ މާލޭގަ އެތައް އަހަރެއް، އެތައް އަހަރެއް އެންމެ ގިނަ ދުވަސްވެގެން މިދިޔައީ މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަޤީންކޮށް ނުދެވި ސަރުކާރަށް. އެހެންވީމަ މާލޭ ސަރަޙައްދުގަ ބިން ހިއްކައިގެން މިހިންގާ މަޝްރޫއު ތަކުން މާލޭގެ ރައްޔިތުންނަށް، މާލޭގެ ރަށްވެހިންނަށް ގެދޮރުވެރިކަން ޔަޤީންކޮށްދިނުން އެއީ ފުރަތަމަ ޓާގެޓް.
އެއާ އެކީގަ ހަމަ އެއަށްވުރެ ގިނައިން މި ގެދޮރުވެރިކަން މި ޤާއިމްކުރަނީ މި ސަރަޙައްދުގަ. އެހެންވީމަ މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރު ވުމަށްފަހު، ދެން ހަމަ މާލެ ކައިރީއާ މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކުންވެސް މި ސަރަޙައްދުގަ ގެދޮރުވެރިކަން ބޭނުންވާ ފަރާތްތަކަށް ގެދޮރުވެރިކަން ލިބޭވަރަށް މި މަޝްރޫއުތައް މި ހިންގަނީ. އަދި މާލެ ނޫން ސަރަޙައްދުތަކުންވެސް ގެދޮރުވެރިކަން ލިބޭނެ. މި ދައުރު ނިމޭއިރުގަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިރާދުކުރެއްވިއްޔާމު ގެދޮރުވެރިކަމުގެ ޔަޤީންކަން، ދާއިމީ ޔަޤީންކަން ލިބިގެން ދާނެ
ޝުކުރިއްޔާ!"
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިމޭރުމުން ވިދާޅުވެފައިވަނީ ޢާންމު ރައްޔިތެއްގެ ފަރާތުން ދެންނެވި ސުވާލެއްގެ ޖަވާބުގައެވެ.