ބޭނުންވަނީ ކައުންސިލްތަކަށް އާމްދަނީ އިތުރުކުރެވޭނެ މަސައްކަތްތަކެއް ކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުން: ރައިސް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 2ސ
ބޭނުންވަނީ ކައުންސިލްތަކަށް އާމްދަނީ އިތުރުކުރެވޭނެ މަސައްކަތްތަކެއް ކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުން: ރައިސް

ބޭނުންވަނީ ކައުންސިލްތަކަށް އާމްދަނީ އިތުރުކުރެވޭނެ މަސައްކަތްތަކެއް ކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކ.ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމަށާއި ބޭނުންވަނީ ކައުންސިލަށް ލިބޭ ފައިސާއިން، އާމްދަނީ އިތުރުކުރެވޭނެ މަސައްކަތްތައްކޮށް ރަށަށް ފައިދާވާނެ ގިނަ މަސައްކަތްތަކެއް ކައުންސިލްތައް މެދުވެރިކޮށް ކުރެވޭނެ ފުރުޞަތު ފަހިކޮށްދެއްވުމަށްކަމަށެވެ.

ސަރުކާރުން ކައުންސިލްތަކަށް ދެއްވަމުން އަންނަ ބްލޮކް ގްރާންޓް ފައިސާ އިތުރުކުރައްވާ ބަދަލުތަކެއް ގެންނަވާނެކަމަށާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކައުންސިލްތަކުގެ ކަނޑައަޅާ ބަޖެޓުގެ %5 އަކީ، ކޮމިޓީގެ ހަރަކާތްތައް ހިންގަން ދޭ ބަޖެޓަކަށް ހައްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޮމިޓީއަށްދޭ މުސާރައާއި އެލަވަންސަކީ ކައުންސިލްގެ މުސާރައިގެ ތެރެއިން ދެވޭ އެއްޗެއްގެ ގޮތުގައި ހައްދަވާނެކަމަށްވެސް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން