އިސްލާމީ އިދާރާތައް ހިންގާނެ ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ކުރިއަށްއޮތް ރަމަޟާންމަހަށްފަހު ފައްޓަވާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރުގެ މަޤާމާއި ކޮލެޖް ޔުނިވަރސިޓީތަކާއި އެހެނިހެން އިދާރާތައް ހިންގުމަށް ޤާބިލް ޒުވާނުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާކަމަށާޢި މިޕްރޮގްރާމުގައި ބައިވެރިވެވޭނީ އިސްލާމީ ދާއިރާއަކުން ދަށްވެގެން ޑިގްރީ އެއް އޮތް މީހުންގެ ތެރެއިން ހޮވޭ ޢިލްމީ ފަރާތްތަކަށް ކަމަށެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ މިޕްރޮގްރާމުގައި އިސްލާމީ އިދާރީ ލީޑަރޝިޕްގެ ދާއިރާއިންނާއި، އިސްތިރާޖީ ވިސްނުމާއި އިސްތިރާޖީ ރޭވުންތެތިކަމާއި މުއައްސަސާތައް ބިންނާކުރާނެ ގޮތާއި، ހިންގުމާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި، ޑިޕްލޮމެސީއާއި ކްރައިސިސް މެނޭޖްމަންޓްގެ އިތުރުންވެސް ލީޑަރޝިޕާ ގުޅުން ހުރި ދާއިރާތަކުން ތަމްރީނުކުރެވޭނެކަމަށާއި މިޕްރޮގްރާމްގެ ތެރެއިން އިސްލާމީ ޤައުމުތަކުގެ މުހިއްމު ޝަޚްސިއްޔަތުތަކާއި ބައްދަލުކޮށް ޤައުމުތަކަށް ތަޖުރިބާގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މިޕްރޮގްރާމްގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިސްލާމީ މުއައްސަސާތައް ހިންގާގެ ހަރުދަނާ ޒުވާނުން ބިނާކުރުންކަމަށް ވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.