މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރޯދަމަހުގެ ކުރިން ދައްކާ ނިންމާނަން: ވަޒީރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރޯދަމަހުގެ ކުރިން ދައްކާ ނިންމާނަން: ވަޒީރު

މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރޯދަމަހުގެ ކުރިން ދައްކާ ނިންމާނަނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެއްގައި ޝިޔާމު ވިދާޅުވީ މިދިޔަ އަންގާރަދުވަހު އެކަނިވެސް މަސްވެރިންނަށް 50 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރޯދަމަސް މަސް ފެށުމުގެ ކުރިން ދައްކާ ނިންމަވާނެކަމަށެެވެ. 

މަސްވެރިންނަށް ނުދެވި 147 މިލިއަން އެބަހުރިކަމަށާއި މިދިޔަ އަންގާރަދުވަހު އެކަނިވެސް މަސްވެރިންނަށް 50 މިލިއަން ރުފިޔާ ދޫކުރައްވާފައިވާއިރު، އަދިވެސް ނުދެވި މަސް ދުވަހަށްވުރެ ގިނަ ދުވަހުގެ ފައިސާ ހުރިކަމަށެވެ.

ފައިސާ ދިނުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ 17 ރުފިޔާއަށް މިފްކޯއަށް ގަންނަމުންދިޔަ މަސް ކިލޯއެއްގެ އަގު، މިފްކޯއަށް ގެއްލުންވާ ގޮތަށް 25 ރުފިޔާއަށް ނިމިދިޔަ ސަރުކާރުން މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ބޮޑުކުރުމެވެ. އަދި އަގަށް ބަދަލު ގެނައުމަށްފަހު ކިރުވާފައިވާ މަހަށް 250 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ ހުރުމެވެ.

ބެކްލޮގް އެއްކޮށް ކްލިއާކޮށް ކޭޝްފްލޯ ހަމައަކަށް އެޅުނީމަ، ކިރާމަހަށް 48 ގަޑިއިރުގެތެރޭގައި ފައިސާ ދޫކުރަން ފަށާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން