ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދަށުން، ތަމްރީނުކުރާ ޚަތީބުންނަށް އާދިއްތަ ދުވަހު ރަސްމީ ހުއްދަދެނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދަށުން، ތަމްރީނުކުރާ ޚަތީބުންނަށް އާދިއްތަ ދުވަހު ރަސްމީ ހުއްދަދެނީ!

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދަށުން، ތަމްރީނުކުރާ ޚަތީބުންނަށް އާދިއްތަ ދުވަހު ރަސްމީ ހުއްދަ ދޫކުރަން ފަށްޓަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ ޒުވާން ޚަޠީބުންނާ އިންޓަރވިއުކުރުމުގެ މަސައްކަތް ނިންމާ މާލެ ސަރަޙައްދުގައި ތިބި ފަރާތްތަކުގެ އަމަލީ ތަމްރީނު ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ. އަދި ޚުތުބާ ކިޔުމުގެ ރަސްމީ ހުއްދަ އާދިއްތަ ދުވަހު ދޫކުރަން ފަށްޓަވާނެކަމަށާއި ރޯދަ މަހު އެ ޒުވާނުން ޚުޠުބާ ކިޔާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި 160 ކުދިންނާ ވަނީ އިންޓަރވިއުކޮށްފައެވެ.

މިއަދު އޮންލައިން