މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން އުމުރަށް ޖަލަށްލާފައި ތިބި 314 މީހަކު މިދިޔަ ސަރުކާރުން މައާފް ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ދޫކޮށްލާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއަޔާތާބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ބޮޑެތި ކުށްވެރިން ޖަލަށްލީނަމަވެސް އެމީހުން ޖަލު ދޫކޮށްލާ މަންޒަރު ފެންނަކަމަށާއި، އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރަށް ޖަލަށް ލާފައި ތިބި 300 އަށްވުރެ ގިނަ މީހުން މިދިޔަ 5 އަހަރު ތެރޭގައި މައާފްދިނުމަށްފަހު ޖަލުން ދޫކޮށްލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން އުނދަގޫތަކެއް ކުރިމަތިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ޓްރެފިކް ކުރާ 314 މީހުން އާންމު މުޖްތަމައަށް ދޫވެގެން ދިއުމަކީ މަސްތުވާ ތަކެތީގެ މައްސަލަ ހައްލު ކުރަން އަންނަ ވަރަށް ބޮޑު އުނދަގުލެއް." ވަޒީރު ވިދާޅުވިއެވެ.