ރޯދަ މަހުގެ ކުރިން ދޮންއަދަރާދަ ހިނގުން ހުޅުވާލަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ރޯދަ މަހުގެ ކުރިން ދޮންއަދަރާދަ ހިނގުން ހުޅުވާލަނީ!

2014 ވަނަ އަހަރު ސްޓެލްކޯގެ ބޭނުމަށް ބަންދުކުރި ދޮންއަދަރާދަ ހިނގުން ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ހުޅުވާލާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ދޮންއަދަރާދަ ހިނގުމަކީ އަމީނީމަގުގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީހާއި ޖެހިގެން އޮންނަ މަގެކެވެ. މިމަގު ހުޅުވާލުމާގުޅޭ ގޮަތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯއިން ބުނީ މަގު ހުޅުވާލުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާލާފައިވާކަމަށާއި މަގުގެ ދެ ފަރާތުގައި ގަސް އިންދާ، މަގު ބައްތި ހަރުކޮށްފައިވާކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އާއި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުން އަދި ކުންފުނީގެ އިސްވެރިން ވަނީ މި މަގު އަލުން ހުޅުވާލުމަށް ކުރިއަށްދާ ތައްޔާރީތައް ނޫސްވެރިންނަށް ދައްކާލައިފައެވެ. 

މި މަގު ރަސްމީކޮށް ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަމަަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން