ރައީސް ޑރ. މުޢިއްޒު އެދައްކަވަނީ ރާއްޖެއަކީ ދިވެހިންގެ ރާއްޖެއަކަށް ވުމުން ރައްޔިތުންނަށް ލިބޭނެ ލުއިފަސޭހަތައް! ޖީބުތަކަށް ލުއިވާނެކަން!: ޙުސައިން ފަހުމީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
ރައީސް ޑރ. މުޢިއްޒު އެދައްކަވަނީ ރާއްޖެއަކީ ދިވެހިންގެ ރާއްޖެއަކަށް ވުމުން ރައްޔިތުންނަށް ލިބޭނެ ލުއިފަސޭހަތައް! ޖީބުތަކަށް ލުއިވާނެކަން!: ޙުސައިން ފަހުމީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދައްކަވަނީ ރާއްޖެއަކީ ދިވެހިންގެ ރާއްޖެއަކަށް ވުމުން ރައްޔިތުންނަށް ލިބޭނެ ލުއިފަސޭހަތަކާއި ރައޔިތުންގެ ޖީބުތަކަށް ލުއިވާނެކަން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެޖކްޓަރ ޙުސައިން ފަހުމީ ސިފަކުރައްވައިފިއެވެ. 

ޙުސައިން ފަހުމީ މިފަދަ މޭރުމަކުން ވިދާޅުވެފައިވަނީ ހަމައެކަނި ބޯން ފެންފޮދު ބޭނުންކުރާތީ ފެންބިލަށް މަހަކު 100 ރުފިޔާ ނާރާ ފަޤީރުންގެ އަތުންވެސް ފެންހޮޅި ލާފައި އޮތުމުގެ އަގަކަށް މިހާތަނަށް ވެރިކަން ކުރި ހުރިހާ ސަރުކާރުތަކުން މަހަކު ނަގަމުން އައި 30 ރުފިޔާގެ "ޖިޒީ" ކަނޑުއްވާލައްވަން ރައީސް ޑރ. މުޢިއްޒު ނިންމެވުމާއި ގުޅިގެންނެވެ.

ޙުސައިން ފަހުމީ ވިދާޅުވީ "ރައީސް ޑރ. މުޢިއްޒަކީ ރައްޔިތުންގެ އަޑު އައްސަވައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ފަހިކޮށްދެއްވުމަށް ގަދައަޅައި މަސައްކަތްކުރައްވާ ޚިދުމަތްތެރިއެއް. ރައީސްގެ މި ހަރުދަނާ ވިސްނުންފުޅުތަކާއި އެކު ސްޓެލްކޯއިން ފެނުގެ ޚިދުމަތް ދެމުން އަންނަ ރަށްތަކުން ނަގަމުން އަންނަ 30 ރުފިޔާގެ ޗާޖް އަންނަ މަހުން ފެށިގެން ނެގުން ހުއްޓާލެވޭނެ. ރައްޔިތުންގެ ލާބައަށް އެމަނިކުފާނު މި ނިންމެވި ނިންމުން އަޅުގަނޑުމެން ތަންފީޒުކުރާނީ އުފަލާއި އިޚުލާސްތެރިކަމާއިއެކު." ކަމަށެވެ.  

"ދިވެހީންގެރާއްޖޭ"ގެ ތަފާތަކީ މިއީ. މިކަންކަމުން އެނގި ހާމަވެގެން މިދަނީ މި ސަރުކާރަކީ ރައްޔިތުންގެ އިޙުސާސްތައް ރަނގަޅަށް ދަންނަ، އަދި އެ ރައްޔިތުންނާއި މެދު އިޚުލާސްތެރި ސަރުކާރެއްކަން. ފާއިތުވެދިޔަ ހުރިހާ ސަރުކާރުތަކެއްގައިވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އަދި ޝަކުވާއަކަށް ވެގެންދިޔަ ކަރަންޓާއި ފެނުގެ ބިލު ބޮޑުވުމުގެ މައްސަލައަށް އަމިއްލައަށް އިސްނަންގަވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްލު ހޯއްދަވައިދެއްވިކަމީ އެމަނިކުފާނުގެ އޯގާތެރިކަމާއި، ރައްޔިތުންގެ ޝުޢޫރަށް އިޚުތިރާމް ކުރައްވާ މިންވަރު ހާމަވެގެންދާ ކަމެއް."

- ޙުސައިން ފަހުމީ 

 

މިއަދު އޮންލައިން