އޯއައިސީގެ ޖަލްސާއަށް އިސްލާމީ ވަޒީރު ޑރ. ޝަހީމް ސަޢުދީއަރަބިއްޔާއަށް ފުރާވަޑައިގެންފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އޯއައިސީގެ ޖަލްސާއަށް އިސްލާމީ ވަޒީރު ޑރ. ޝަހީމް ސަޢުދީއަރަބިއްޔާއަށް ފުރާވަޑައިގެންފި

އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްޠީނަށް ދެމުންދާ ހަމަލާތަކާއި ގުޅޭ ގޮތުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ޚާއްޞަ ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު  ސަޢުދިއަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. 

މި ބައްދަލުވުން ކުރިއަށްދާނީ މިމަހު 4-5 އަށެވެ. ސައޫދީ އަރަބިއްޔާގެ ޖިއްދާގައެވެ. މި ބައްލުވުމުގެ މަޤްސަދަކީ ފަލަސްތީނުގެ ރައްޔިތުންނާއި  ދެކޮޅަށް ޣައްޒާއާއި ރަފަޙުގައި އިސްރާއިލުން ކުރިއަށްގެންދާ އަސްކަރީ އަނިޔާވެރި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސަޢުދީ އަރަބިއްޔާގައި  ބޭއްވުނު ޖޮއިންޓް އެރެބް އިސްލާމިކް ސަމިޓުގައި ފާސްކުރެވުނު ޤަރާރުތަކާއި ނިންމުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. އޯއައިސީގެ ބައްދަލުވުމަކީ ސަޢޫދީ ޢަރަބިއްޔާގެ ދަޢުވަތަކަށް ބާއްވާ ބައްދަލުވުމެކެވެ. 

ފަލަޞްޠީނުގެ މައްސަލައިގައި ރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި ގިނަ މަސައްކަތްކުރަން ފަށާފައެވެ. ފަލަސްޠީނުގެ މައްސަލައަކީ ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ މައްސަލައެކެވެ.

 

މިއަދު އޮންލައިން