ރަށު ޕިކަޕުން ނަގާ ފީ އުވާލަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ރަށު ޕިކަޕުން ނަގާ ފީ އުވާލަނީ

ރަށު ޕިކަޕުގެ ފީ އުވާލަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރ.ދުވާފަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ތިމާވެއްޓާއި ރައްޓެހިކޮށް ކުރިއަށްގެންދާ މަސައްކަތްތަކަކީ ސަރުކާރުން އެކަންކަމަށް ވަރަށް ތަޢީދުކުރާ މަސައްކަތްތަކެއްކަމަށެވެ. އެގޮތުން ރަށްރަށުގައި ދުއްވާ ރަށު ޕިކަޕުތަކަކީވެސް ބެޓެރިން ދުއްވާ އެއްގަމު އުޅަނދުތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އުޅަނދުތަކަކީ ބެޓެރިން އޮޕަރޭޓްކުރާ އުޅަނދުތަކަކަށްވާތީ، އެ ވެހިކަލްތަކުން ސަރުކާރަށް ދައްކާ ފީ ކަނޑާލަދިނުމަށް ވަރަށް ގިނަ ކައުންސިލްތަކުން ސަރުކާރުގައި އެދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ރަށު ޕިކަޕުން ނަގާ އަހަރީ ފީ، އަންނަ މަހުން ފެށިގެން އުވާލުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވިއެވެ.

"ރަށު ޕިކަޕަކީ ޕބެޓެރިން އޮޕަރޭޓްކުރާ އުޅަނދެއް. 1800 ރުފިޔާގެ ފީއެއް އެބަ ދަރުކާރަށް ދައްކާ. ރައްޔިތުންނަށް އެހާ ފަސޭހަވާ އުޅަނދަކަށްވުމާއި ބެޓެރިން ހިންގާ އުޅަނދަކަށްވާތީ އެ އުޅަނދުން ނަގާ ފީ އަންނަ މަހުން ފެށީގެން އުވާލަދޭނަން." ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން