ތަރައްޤީގެ މަޝްރޫޢުތަކުގައި، ރައްޔިތުން ކުރަންޖެހޭ ހޭދަތައް ކުޑަވާނެގޮތަށް ކަންކަން ގެންދަން އިސްކަންދެއްވާނަން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ތަރައްޤީގެ މަޝްރޫޢުތަކުގައި، ރައްޔިތުން ކުރަންޖެހޭ ހޭދަތައް ކުޑަވާނެގޮތަށް ކަންކަން ގެންދަން އިސްކަންދެއްވާނަން: ރައީސް

މާޅޮސްމަޑުލު އުތުރުބުރީ ތަރައްޤީގެ މަޝްރޫޢުތަކުގައި، ރައްޔިތުންނަށް ފަސޭހަތައް އިތުރުވާނެގޮތަށް އަދި ރައްޔިތުން ކުރަންޖެހޭ ހޭދަތައް ކުޑަވާނެ ގޮތަށް ކަންކަން ގެންދަން އިސްކަން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރ. އުނގޫފާރު ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރ. އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅުގައި އާރު.ޓީ.އެލް ފެރީ ނިޒާމުގެ ޚިދުމަތް ފެށުމުގެ މުހިންމުކަމާއި އިފުރު އެއަރޕޯޓްގެ ޚިދުމަތްތައް ފުޅާކުރުމާއި އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ މުހިންމުކަމާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅުކުރުމާއި ބޭސްލިބުމުގައި ކުރިމަތިވާ ދަތިތައް ހިމެނެއެވެ. މީގެ އިތުރުންވެސް އަތޮޅުގެ އިޤުތިޞާދީ އިޖުތިމާޢީ ތަރައްޤީއަށް މުހިންމުކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ސަމާލުކަންދެއްވައިގެން އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މިއަދު އޮންލައިން