އުނގޫފާރު ހޮސްޕިޓަލްގައި އެމްއާރުއައިގެ ޚިދުމަތް ފަށަނީ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 58ސ
އުނގޫފާރު ހޮސްޕިޓަލްގައި އެމްއާރުއައިގެ ޚިދުމަތް ފަށަނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އެމްއާރުއައިގެ ޚިދުމަތް ފަށްޓަވާނެކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ރ.އުނގޫފާރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޞިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ޚަލީލް ވިދާޅުވީ އަންނަ ރަމަޟާންމަހުގެ ފަހުން އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ފައްޓަވާނެކަމަށާއި އުނގޫފާރު ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ އެކިހިސާބުތަކުގައި އެމްއާރުއައިގެ ޚިދުމަތް ފެށުމުން މި ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މި ހޮސްޕިޓަލްގައި މިހާރު މަސައްކަތް ކުރަމުން އަންނަނީ މެޑިކަލް އޮފިސަރުންގެ ގޮތުގައި 10 ޑޮކްޓަރުންނެވެ. ނަމަވެސް ހޮސްޕިޓަލް ތަރައްޤީވެގެން އަންނައިރު އިންސާނީ ވަސީލަތް އިތުރުކުރުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުރީ އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.  

 

 

މިއަދު އޮންލައިން