ޢީދު ނަމާދުކުރާ ގަޑި އަވަސްކުރުމަށް މަޝްވަރާ ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ޢީދު ނަމާދުކުރާ ގަޑި އަވަސްކުރުމަށް މަޝްވަރާ ފަށައިފި

ރާއްޖޭގައި އީދު ނަމާދު ކުރާ ގަޑި އަވަސްކުރުމަށް މަޝްވަރާ މަޝްވަރާ ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އަބަދުވެސް އީދު ނަމާދު ފަށަނީ ހެނދުނު 7:30 ގައެވެ.

ރާއްޖޭގައި ޢާންމުކޮށް ޢީދު ނަމާދުކުރަނީ ބޮޑު ޖަމާޢަތުގައި މައިދާންތަކުގައި ކަމަށާއި ޢީދު ޚުޠުބާ ކިޔާ ނިމޭއިރު އޮންނަނީ ވަރަށް ބޮޑަށް ހޫނު ގަދަވެފައިކަމަށާއި އަދި ރާއްޖޭގައި ޢީދު ނަމާދުކުރާ ގަޑިއަކީ އެހެން ތަންތަނުގައި ޢީދު ނަމާދުކުރާ ގަޑިއަށް ބަލާއިރު ލަސް ގަޑިއެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ގަޑި މުރާޖާކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ޢީދު ނަމާދުކުރާ ގަޑިއަށް އެއްވެސް ބަދަލެއް އަންނަނަމަ، ރަމަޟާންމަހުގެ ކުރިން އަންގާނެކަމަށެވެ.

މިއަދު އޮންލައިން